logo
Bank of Maldives

Bank of Maldives

ޚަބަރު

ހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި

އާމިނަތު ޝަފާ
13 އޮކްޓޯބަރު 2025 - 05:46
ހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި

މީގެ ދެ އަހަރު ކުރިން ފެށި ހަނގުރާމައިގެ ތެރޭގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާރު ބާކީ ތިބި 20 މީހުން މިއަދު މިނިވަންކުރަން ފަށައިފިއެވެ.

ޔަހޫދީންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ޔަހޫދީންނަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންދިޔަ އެވެ. އަސީރުން މިނިވަންކުރުމުގެ ކުރިން ހަމާސްގެ ހަތިޔާރުއެޅި ގޮފި ގައްސާމް ބްރިގޭޓްސް އިން ވަނީ މިނިވަންކުރާ 20 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި މީހުންގެ ބަދަލުގައި ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރަންވަނީ އެއްބަސްވެވިފައެވެ. އޭގެ ތެރޭގައި ޣައްޒާގެ މުހިންމު ލީޑަރުން ކަމަށްވާ މަރްވާން ބަރުގޫތީ އަދި އަހްމަދު ސާދާތު ހިމެނިދާނެ ކަމަށް ކުރިން ހީކުރެވުނު ނަމަވެސް މިހާރު އެދެލީޑަރުންވެސް މިނިވަން ކުރާނެކަމަކަށް ނުބެލެވެއެވެ. ހަމާސްއިން 7 މީހަކު ދޫކޮށްލާފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ އިތުރު 13 ޔަހޫދީ އަސީރުން ދޫކޮށްލުމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ. އަދި ހަނގުރާމައިގައި 170,066 މީހުން ޒަޚަމްވެފައިވެ އެވެ.

މި އެއްބަސްވުމަށް ވާސިލުވުމުގައި ހަމާސްގެ މައި މުއާމަލާތްކުރާ ފަރާތް ކަމުގައިވާ، އިސްރާއީލްގެ ވައިގެ ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައިވާ ލީޑަރ ހަލީލް އަލް-ހައްޔާގެ ދައުރު ފާހަގަކޮށްލެވެއެވެ.

ހަލީލް އަލް-ހައްޔާ ވަނީ ސެޕްޓެމްބަރު 9 ގައި ޤަތަރުގައި އިސްރާއީލްގެ އެއަރ ސްޓްރައިކަކުން ސަލާމަތްވިތާ މަހެއްގެ ފަހުން މިސްރުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ. އިސްރާއީލީ ހަމަލާތަކުގައި ހަމާސްގެ ކުރީގެ ލީޑަރުންކަމަށްވާ އިސްމާއީލް ހަނިއްޔާ އީރާނަށް ކުރި ދަތުރެއްގައި ޝަހީދުކޮށްލާފައިވުމާއި، އަދި އަނެއް ލީޑަރު ޔަހްޔާ ސިންވަރު ގާޒާގައި ޝަހީދުކޮށްލުމާއެކު ހަލީލް އަލް-ހައްޔާ އަކީ ހަމާސް މިލިޓަންޓް ގްރޫޕްގައި އިތުރަށް ނުފޫޒު ފޯރުވާ އިސްލީޑަރެއްކަމުގައި ވަނީ ވެފައެވެ.

1960 ގައި ޣައްޒާގައި އުފަން ހައްޔާ ވަނީ 1987 ގައި ހަމާސް އުފެދުނީއްސުރެ އެ ޖަމާއަތުގައި ހިމެނިފައެވެ. މިހާރުގެ ޣައްޒާގެ ހަނގުރާމައިގައި އަދި ކުރީގެ ހަނގުރާމަތަކުގައި ދެ ދަރިއަކު ގެއްލިފައިވާ ހައްޔާ، އެހެން ހަމާސްގެ ލީޑަރުންނާއެކު ދޯހާގައި އޭނަ ވަނީ މަޑުކޮށްފައެވެ.

ހަމާސްއަށް މުހިންމު ހަތިޔާރާއި ފައިސާގެ އެހީ ފޯރުކޮށްދޭ އީރާނާއެކު ރަނގަޅު ގުޅުމެއް އޮތް ކަމަށް ބެލެވޭ ހައްޔާ ވަނީ އިސްރާއީލާއެކު އެކި ފަހަރު މަތިން ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތުގައި ގާތުން ބައިވެރިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | ދުވަހެއް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން