logo
ދުނިޔެ

ޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 13:45
ޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި

ޢައިރު ގާނޫނީ ސަހުޔޫނީ ދައުލަތުން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފިއެވެ.

ޔަހޫދީން ބުނީ އެ ހަމަލާ ދީފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސްގެ ލީޑަރޝިޕްގެ އިސް ފަރާތަކަށް އަމާޒުކޮށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަލާތަކާ ގުޅިގެން ހަމާސްއިން ބުނެފައި ވަނީ، މި ހަމަލާ ދީފައި ވަނީ ޣައްޒާގައި ހަމަލާ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު މަޝްވަރާ ކުރަމުންދަނިކޮށެވެ.

ޔަހޫދީންގެ ހަމަލާ ކުށްވެރިކޮށް ގަތަރުން ބުނީ ޔަހޫދީންގެ ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްދިން ހަމަލާއެއްކަމަށެވެ. އަދި ޤަޠަރުގެ ރައްޔިތުންނާއި، އެޤަޢުމުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޔަހޫދީން އަރައިގެންފައިވާކަމަށް ގަތަރުންވަނީ ބުނެފައެވެ.

މި ހަމަލާ ތަހުގީގުކުރާނެކަމަށްވެސް ގަތަރުންވަނީ ބުނެފައެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާއަކީ ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ހަމަލާދިން 6 ވަނަ އަރަބި އިސްލާމީ ގައުމެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ޣައްޒާގެ އިތުރުން، ލުބުނާނު، ސީރިޔާ އަދި ޔަމަނަށް ވެސް ހަމަލާތައް ދީފައެވެ.

އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތޫނިސްގައި އޮތް އުޅަނދަކަށްވެސް ވަނި ހަމަލާދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 17 ގަޑިއިރު ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | 4 ދުވަސް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | 5 ދުވަސް ކުރިންޣައްޒާ ފަހުނޭވާގައި: ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަށް ނިމުމެއް ނެތް ދުނިޔެ | 5 ދުވަސް ކުރިން