logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް، ޔަހޫދީންގެ އަނިޔާވެރިކަން އަދިވެސް ކުރިއަށް

އާމިނަތު ޝަފާ
30 ނޮވެމްބަރު 2025 - 10:30
ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް، ޔަހޫދީންގެ އަނިޔާވެރިކަން އަދިވެސް ކުރިއަށް

ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް އުފުލިއްޖެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން ޣައްޒާގެ ބިމުގައި ޔަހޫދީން ހިންގަމުން އަންނަ އުދުވާނުގައި މިހާތަނަށް 70،100 މީހުން ޝަހީދުކޮށްލާފައިވާއިރު ޒަހަމްކޮށްލި މީހުންގެ އަދަދުވަނީ 170,965 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފަހުން ޔަހޫދީން ހަމަލާދީފައިވަނީ ރަފަހް ސިޓީއަށެވެ. އަދި ހާން ޔޫނިސްގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް ޔަހޫދީންގެ ހަމަލާތައް އިތުރުކޮށްފައިވާއިރު ހުޅަނގު އައްސޭރީގެ މަސްޢާ ރަށަށް ހަމަލާދީ މިއަދު ފަތިހުގެ ވަގުތުގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ހައްޔަރުކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އިސްރާއީލުގެ ހަމަަލާތަކުގައި 354 މީހުން ޝަހީދުކޮށްލާފައިވެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | މަހެއް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 4 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 4 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 5 މަސް ކުރިން