logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

އާމިނަތު ޝަފާ
12 ސެޕްޓެމްބަރު 2025 - 15:58
ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ވިލާތުގެ ބާރުތަކުގެ ވޯޓާ އެކު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ގަރާރަށް ތާއީދުކުރަން އދގެ އާންމު މަޖިލީހުން ނިންމައިފިއެވެ. 

އދ.ގެ މެންބަރު 142 ޤައުމުން މި ވޯޓުގައި ބައިވެރިވިއިރު އެ ގައުމުތަކުގެ ތެރޭގައި ވިލާތުގެ ބާރުތަކުގެ ގޮތުގައި ބަލާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ޖަރުމަންވިލާތް ހިމެނެއެވެ. މި ގަރާރާދެކޮޅަށް ވޯޓު ދީފައި ވަނީ 10 ގައުމުންނެވެ. އޭގެ ތެރޭގައި ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް- އިސްރާއީލާއި އެމެރިކާ ހިމެނެއެވެ. މީގެ އިތުރުން އެއްވެސް ކޮޅަކަށް ވޮޓު ނުދޭ 12 ގައުމު ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން"  ގަރާރުގައި ހަމާސްގެ ހަމަލާގައި އިޒްރޭލުން އަސީރުކޮށްފައިވާ އެންމެން މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ގެނައުމަށް މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.

އަދި މި ގަރާރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތައް ކުށްވެރިކުރުމުގެ އިތުރުން ފަލަސްތީނުގެ ދައުލަތެއްގެ ލީޑަޝިޕްގައި ހަމާސްގެ ބައިވެރިވުން ނޯންނާނެކަމަށް ބުނެފައިވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ބާރު ދޫކޮށްލައި ހަތިޔާރު ބަހައްޓައި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދިނުމަށް އެ ޤަރާރުގައި ހުށަހަޅާފައިވެއެވެ.

ޔަހޫދީންގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ މުޖާހިދުންގެ ބައިވެރިވުންނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެކްލަރޭޝަން" ފާސްކޮށްފައިވާއިރު  ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވިޔަ ނުދޭނެކަމަށް ބުނެ ހަރުކަށިކަމާ އެކު ވާހަކަ ދައްކައިފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި ޚަބަރު | 15 ދުވަސް ކުރިންފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 2 މަސް ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | 2 މަސް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | 2 މަސް ކުރިން