ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމް ބާއްވައިފި

ފޮޓޯ--/ އެޗްއާރްސީއެމް

07 ނޮވެމްބަރު 2024 - 13:09
ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމް ބާއްވައިފިއެވެ.
"ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމަކީ" ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި 4 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ.
"މެންދުރު ޓީވީ" އަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީިއެމްގެ ސީނިއާ އެޑްވޮކެސިވް އޮފިސަރު މުހައްމަދު ޝަނޫން ވިދާޅުވީ އެ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ހިއުމަން ރައިޓްސް ދިފާއުކޮށް އެ ކަންތައްތައް ކުރިއަރުވުމުގެ އިތުރުން ދައުލަތް ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތް ކުރާނެ ބައެއް އުފެއްެދުން ކަމަށެވެ. އަދި މިކަންތައްތައް ކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގަ މިހާރު ތިބި މުވައްޒަފުން ވަރަށް މަދު ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެފަދަ ކަންތައްތައް ކުރުމަށްޓަކައި އިތުރު ވަސީލަތްތަކާއި މީހުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަހަރުގެ ޕްރޮގްރާމް 17 ބައިވެރިން ހަމަ ފުރިހަމަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ހަރަކާތްތެރި ވަމުންދާއިރު ހަމަ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ މި ބައިވެރިން ގެ ފަރާތުން މި މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެ.މިފަހަރު މި ތަމްރީނު ކުރި ބެޗަކީވެސް ވަރަށް ތަފާތު ވަރަށް ބޮޑަށް ފޯރީގަ މިކަން ކުރުމުގެ ޝައުގުވެރިކަމާއެކު މަސައްކަތްކުރަމުން ދިޔަ ފަރާތްތަކެއް ކަމަށް ފާހަގަކުރެވޭ އަދި މީގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ދައުރެއް އަދަކުރާ މިހާރުވެސް މުޖުތަމމައުއާ ވަރަށް ގުޅުން ބޮޑު ފަރާތްތަކެއް، އެހެންކަމުން މި ޕްރޮގްރާމުގަ މި ދެވުނު މައުލޫމާތުތަކުގެ އެހީގަ ގަބޫލުކުރެވޭ ހަމަ ވަރަށް ަނގަޅު މަސައްކަތްތަކެއް މި ބަިވެރިންގެ ފަރާތުން ފެނިގެން ދާނެކަމަށް " މެންދުރު ޓީވީއަށް މައުލޫމާަތު ދެއްވަމުން ޝަނޫން ވިދާޅުވިއެވެ.
4 ނޮވެމްބަރ އިން 7 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުމެވެ. މާލޭގައި ކުރިއަށް ގެންދިޔަ ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިންގެ ޕްރޮގްރާމުގައި 25 ފަރާތެއް ވަނީ ތަމްރީނުކުރެވިފައެވެ. މިއަހަރު މި ޓްރެއިނިން ކުރިއަށްގެންދިޔައީ ޓްރާސްޕޭރެންސީ މޯލްޑިވްސް އަދި ޔޫއެސް އޭޖެންސީ ފޮ އިންޓަރނެޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އެހީތެރިކަމާ އެކުގައެވެ.