logoEN
ޚަބަރު

ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ގެނެވޭ ބަދަލުތަކުގެ ނަތީޖާ ފޮނިވާނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

16 ނޮވެމްބަރު 2024 - 12:15

ނިޒާމެއްގެ ގޮތުގައި ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފޮނިވާނެ ކަމަށާއި، ރާއްޖޭގެ ސިއްޙީ ނިޒާމުގެ ގަވަނަންސް ހަރުދަނާކޮށް، ސިއްޙީ ދާއިރާގެ މީހުން ބިނާ ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ

އެގޮތުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ކުރިއެރުވުމަށް މަސައްކަތް ކޮށްފައި ނުވަނީ ކީއްވެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެއް ކަމަށެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ، ހެލްތް އިންޝުއަރެންސް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތަކީވެސް ރައީސްގެ ސިއްޙީ ސިޔާސަތުގެ ދަށުން، ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރެވެމުންދާ މަސައްކަތްތައްކަމަށެވެ.

އޭގެ ތެރެއިން ބައެއް ކަންކަމަކީ ނިންމަން އުނދަގޫ ނަމަވެސް މުހިއްމު ނިންމުންތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder