logo
Bank of Maldives

Bank of Maldives

ޚަބަރު

ކާތަކެތީގައި ބުޅާ މަސް އަދި ހުނީގައި ކޯނިޝް ޕައުޑަރު ހުރިކަމެއް ސާބިތެއް ނުވޭ: ވަޒީރު

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
22 އޯގަސްޓު 2024 - 05:42
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް
ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް

ބުޅާ މަސް ބޭނުންކޮށްގެން އެއްވެސް ކާއެއްޗެއް އުފައްދައި ބޭނުންކުރިކަމުގެ ހެއްކެއް އަދި މިހާތަނަށް ފެނިފައިނުވާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒު ކުރުމާއި ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވައި ވާހަކަދައްކަވަމުން، ވަޒީރު ވިދާޅުވީ ބުޅާ މަސް ބޭނުންކޮށްގެން ކާތަކެތި އުފައްދައި އޭގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން އެ އިދާރާއިންދަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި އަދި މިހާތަނަށް ހޯދުނު އެއްވެސް ހޯދުމަކުން މިފަދަ އެއްވެސް ބާވަތެއް އަދި ފެނިފައިނުވާކަމަށެވެ. އަދި އެހާދިސާ އާއި ގުޅިގެން އެ ފަދަ އެއްވެސް އެއްޗެއް ފެނިގެން އެއްވެސް މައްސަލައެއް އެ އިދާރާއަށް އާއްމުންގެ ފަރާތުން ހުށައަޅާފައިނުވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ހުނީގެ ބަދަލުގައި ކޯނިޝް ޕައުޑަރު ބޭނުންކުރާ ކަމަަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތަހުލީލުތައް ކުރެވުނު ކަމަށާއި އަދި އޭގެ އެއްވެސް ތަހުލީލަކުން ކޯނިޝް ޕައުޑަރު އަދި ހުނީގެ ބަދަލުގައި އެފަދަ އެއްވެސް އެހެން އެެއްޗެއް ބޭނުންކޮށްފައިވާކަމަކަށް ކުރެވުނު ތަހުލީލުތަކުން ސާބިތުނުވާކަމަށް ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ހިމެނުނީ އެ ވުުޒާރާއަށް ލިބޭ ގާނޫނީ ބާރުތައް ހަނިކަމުން އެދެވޭ ގޮތެއްގައި ގިނަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އެޅެން ނެތުމުން މިހާތަނަށް އަމަލުކުރަން ޖެހޭ ގޮތައް އެކަން ކުރެވިފައި ނުވާކަމަށެވެ. އަދި މާދަމާ ތަންފީޒުކުރަން ނިންމާފައިވާ ގާނޫނުގެ ސަބަބުން އެފަދަ ހުރިހާ ދަތިތަކަށް ހައްލުލިބޭނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް މުސްތަގްބަލުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ތަހުލީލު ހެދޭނެ ފަދަ އެންމެ އެކަށީގެންވާ ފެންވަރު ރަނގަޅު ލެބޯޓަރީ އެއްވެސް އަވަސް މުސްތަގްބަލެއްގައި ގާއިމް ކުރެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބިން ވެސް ހުޅުމާލެއިން ކަނޑައެޅި ނިމިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައްވެސް ތަހުލީލުކޮށް ރައްކާތެރި މިންގަނޑަށް ފެތޭތޯ ބެލޭނެ އިންތިޒާމުތައް ވެސް ވަނީ ހޯއްދަވައިފައި ކަމަށާއި އަދި އަވަސް މުއްދަތެއްގައި އެކަން ފެށިގެންދާނެކަމަށް ވެސް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން މިހާރުވެސް ކުރައްވަމުން އަންނަ ކަމަށާއި އެފަދަ މައްސަލަތަކުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުމާއި ފަރުދީ ޒިންމާގެ މުހިއްމުކަން ވެސް ވަޒީރުވަނީ ފާހަގަ ކުރައްވާފައެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 2 ދުވަސް ކުރިން''ރާއްޖޭގައި ވެސް ހިތުގެ ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަ''ޚަބަރު | 16 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވިޚަބަރު | 2 މަސް ކުރިންލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރޭ: ހެލްތު މިނިސްޓްރީޚަބަރު | 2 މަސް ކުރިން