logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
13 ސެޕްޓެމްބަރު 2024 - 08:11
އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތެއްގައި.--ފޮޓޯ/ ހެލްތް މިނިސްޓްރި
އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތެއްގައި.--ފޮޓޯ/ ހެލްތް މިނިސްޓްރި

ރާއްޖޭގައި އެމްޕޮކްސް ( މަކުނު ވިދުރި)އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް އަރަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕޮކްސް ޓެސްޓު ކުރެވޭ އިންތިޒާމު ރާއްޖޭގައި ހަމަޖެހި އެކަމަށް ތައްޔާރުވެފައިވާއިރު، ޑަބްލިއުއެޗްއޯގެ ފަރާތުން ހަދިޔާކުރި މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.

އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ އެވެ. 

އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ރާއްޖޭން ބޭރުގައި މި ބަލީގެ ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވެފައިވާއިރު، ރާއްޖޭގައި މިބަލި ފެތުރޭ ކަމަށް ޝައްކުވެގެން ޓެސްޓު ކުރިއެވެ. އެހެން ނަމަވެސް މިބަލި ރާއްޖޭން ފެނިފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާގެ އިސްރާފެއްޚަބަރު | މަހެއް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 2 މަސް ކުރިން