logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ތަޢާރަފްކުރި "ފަށާ މަދަދު" ލޯނު 60 މީހަކަށް ދޫކޮށްފި

މަރިޔަމް ޔަނާ އަލީ
21 ނޮވެމްބަރު 2024 - 13:47
ފޮޓޯ--/ ކޯޕަރޭޓް މޯލްޑިވްސް
ފޮޓޯ--/ ކޯޕަރޭޓް މޯލްޑިވްސް

އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފެށި "ފަށާ މަދަދު" ލޯނު ސްކީމްގެ ދަށުން 60 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހާމަކޮށްފި.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ސްކީމަކީ އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި އަހަރުގެ ފެބްރުއަރީ މަހު އިފްތިތާހުކުރި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.

އެސްޑީއެފްސީން ބުނީ ، 18 ނޮވެމްބަރ އާއި ހަމައަށް "ފަށާ މަދަދު" ލޯނު 60 މީހަކަށް ދޫކޮށްފައިވާކަމަށެވެ. މީގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 4 މީހަކުވެސް ހިމެނެއެވެ. މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅުންނަށެވެ.

މުޅި ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 45 އިންސައްތަ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ހާމަކުރިއެވެ.

މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ.

އެސްޑީއެފްސީން ވިދާޅުވީ ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށްޓަކައި 7 އަހަރު ދުވަހަށް ބަހާލެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިވިޔަފާރި | ދުވަހެއް ކުރިންއެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިން ހިދުމަތެއް އެސްޑީއެފްސީން ތައާރަފުކޮށްފިޚަބަރު | މަހެއް ކުރިންއެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިން