logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ކަމަށް ގަބޫލެއްނުކުރަން: އަބްދުއްރަހީމް

އާމިނަތު ޝަފާ
22 ނޮވެމްބަރު 2024 - 07:16
 ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ކަމަށް ގަބޫލެއްނުކުރަން: އަބްދުއްރަހީމް

ވޭތުވެދިޔަ ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ރަނގަލަސް ބެލިފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން މެންދުރު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ސަރުކާރުގައިވެސް އެމްޑީޕީގެ ސަރުކާރުގައިވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ރައްޔިތުން ގަބޫލުފުޅު ކުރައްވާކަމަށާއި އެހެންނަމަވެސް ކޮރަޕްޝަނުގެ އަމަލުތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން- އޭސީސީއަށް އެ މައްސަލަތައް ބެލިފައިނުވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" މިސާލަކަށް އެމްއެމްޕީއާރްސީގެ މައްސަލަ ބައްލަވާ. ލިސްޓެއް އެބަ ގެންގުޅުއްވާ އެ ފައިސާ ބޭނުންކުރިކަމަށް ތުހުމަތުވާ. މިއަދާ ހަމައަށް އައިއިރު ނުފެނޭ މިކަން ކުރިއަށްދާތަނެއް. އޭސީސީ ޒިންމާދަރުކުރުވަން އެބަޖެހޭ. މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ މަދުކުރުމަށް އައި ސަރުކާރެއް. މިއީ މުސާރަ ނަގަންތިބި ބައެެއްނޫން. މަސްއޫލިއްޔަތު އަދާކުރާތަނެއް ނުފެނޭ".

އޭސީސީއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސެކެވެ.

އޭސީސީއިން މިހާތަނަށް އެކި ވެރިކަންތަކުގައި ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ދައުވާ ކުރަންވެސް ފޮނުވާފައިވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކަށް ހައްގު އަދަބު ލިބިފައި ނުވާތީ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ތެރެގައި މިނިވަން މުއައްސާސަތައް އިސްލާހުކުރުން ހިމެނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ އަބްދުއްރަޙީމް ބައްދަލުކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިން"ކެމްޕޭނުގެ ޖަލްސާތަކުގައި ހުރި "ހުސް ގޮނޑިއަކީ" މަޖިލިސް ރައީސްއަށް ބެހެއްޓި ގޮނޑިއެއް"ޚަބަރު | 5 މަސް ކުރިންރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށްޚަބަރު | 5 މަސް ކުރިންރައީސްގެ ދަރިކަލުންނާ ގުޅުވާ ދެއްކި ވާހަކަތައް ބަލާ ފިޔަވަޅުއެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފިޚަބަރު | 6 މަސް ކުރިން