logo
Bank of Maldives

Bank of Maldives

ޚަބަރު

ރިޔާސީ ކެމްޕޭނުގެ ޖަލްސާތަކުގައި ބެހެއްޓި "ހުސް ގޮނޑިއަކީ" މަޖިލިސް ރައީސްއަށް ބެހެއްޓި ގޮނޑިއެއް: މެންބަރު ލަތީފް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޭޕްރީލު 2025 - 16:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް އަބްދުﷲ، ޕީއެންސީގެ ޖަގަހަ ޖަލްސާގައި: އަރިހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ޕީއެންސީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް އަބްދުﷲ، ޕީއެންސީގެ ޖަގަހަ ޖަލްސާގައި: އަރިހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ޕީއެންސީ

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޙާބުގެ ކެމްޕޭނުގެ ޖަލްސާތަކުގައި ބެހެއްޓި "ހުސް ގޮނޑި" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަށް ޚާއްސަކޮށްގެން ބެހެއްޓި ގޮނޑިއެއް ކަމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މެންބަރު ލަތީފް ވިދާޅުވީ، މި ވެރިކަން ލިބުނީ "ހުސް ގޮނޑި" ދައްކައިގެން ކަމުގައި ބުނެ ގިނަ ބަޔަކު ޝަކުވާކުރި ކަމަށާއި، އެ ހުސް ގޮނޑިއަކީ ކުރީގެ ރައީސް ޔާމީންއަށް ބެހެއްޓެވި ގޮނޑިއެއް ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް އެ ގޮނޑިއަކީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަށް ބެހެއްޓެވި ގޮނޑިއެއް ކަމަށާއި، އެ ގޮނޑި ބެހެއްޓެވީ މަޖިލިސް ރައީސްގެ އަމިއްލަ މަސައްކަތްޕުޅުތަކާއި ޕާޓީގެ މަސައްކަތްޕުޅުތައް ނިންމަވައި، ޖަލްސާއަށް ވަޑައިގަންނަވަންދެން ކަމުގައި ވެސް މެންބަރު ލަތީފް ވިދާޅުވިއެވެ.

އެންމެ ގިނަ ބަޔަކު ޝަކުވާ ކުރަނީ ހުސްގޮނޑި ދަައްކައިގެންނޭ މި ސަރުކާރު އައީ. ހިނގާ ހުސް ގޮނޑިއަށް ޖެހިލާން. އަޅުގަނޑުމެންނަކީ، އަޅުގަނޑަކީ ވެސް އެމަސައްކަތުގައި އަޅުގަނޑުމެންގެ ރައީސް (މަޖިލިސް ރައީސް އަބްދުއްރަޙީމް އަބްދުﷲ) މި އިންނެވީ، އަޅުގަނޑުމެންގެ މިނިސްޓަރުން މި ތިއްބެވީ، ތި ތިބި ހުރިހާ މެންބަރުންނަށް އިނގޭނެ ހުސްގޮނޑިއަކީ އެގޮތަށް ބެހެއްޓީ ގޮނޑިއެއް ނޫން. އެއީ ރައީސް އަބްދުއްރަޙީމް ވަރަށް ގިނަ ފަހަރު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން އާދެވެނީ އެމަނިކުފާނު މަސައްކަތްހުންނަ ގޮތުން ތަންކޮޅެއް ފަހުން. މިކަން ހިނގާ ގޮތް މިއީ. ޖަލްސާއަށް ވަޑައިގެންނެވެނީ ތަންކޮޅެއް ފަހުން. އެމަނިކުފާނު އަމިއްލަ މަސައްކަތްތައް ޕާޓީގެ މަސައްކަތްތަކެއް ހުރީމާ. އެހެންވީމާ އެމަނިކުފާނަށް ބެހެއްޓި ގޮނޑިއެއް އެއީ. ކީއްވެގެން އޮޅުވާލީ، އެމަނިކުފާނަށް ބެހެއްޓި ގޮނޑިއެއް އެއީ. ރަންބުއްދި ވެގެންއުޅެނީ ބަޔަކު، - ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

މީގެ އިތުރުން، އެ ގޮނޑި ބެހެއްޓުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ވެސް، އެ ގޮނޑި ބެހެއްޓި ސަބަބު އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ ގޮނޑިއަކީ އެފަދައިން ބެހެއްޓި ގޮނޑިއެއް ނޫންކަމުގައި ވެސް މެންބަރު ލަތީފް ވިދާޅުވިއެވެ.

އެ ގޮނޑިއަކީ އެހެން ބެހެއްޓި ގޮނޑިއެއް ނޫނޭ. އެ ގޮނޑިއަކީ މި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމަށް ބެހެއްޓި ގޮނޑިއެކޭ. ތަކުރާރުކޮށް މި ދެންނެވީ. އެ ގޮނޑި އަބްދުއްރަޙީމް ހަދިޔާކުރިއްޔާ ހަދިޔާކުރި ބޭފުޅަކަށް ހަދިޔާކުރީ، - ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

މެންބަރު ވިދާޅުވީ، އޭރު ރައީސް ޔަމީން ޖަލުން މިނިވަންކުރަން މުޅި ޕާޓީ، ޓީމެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށާއި، ރައީސް ޔަމީންގެ އަރިހުގައި ވެސް މަސައްކަތްކުރެއްވީ ވަރަށް އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވެސް، ރައީސް ޔާމީން ޖަލުން މިނިވަންކުރައްވަން ވަރަށް މަސައްކަތްކުރެއްވި ކަމަށާއި، އެހެން ނަމަވެސް މިއަދު އެ ޕާޓީގެ އެކި ބޭފުޅުންނާ ދިމާލަށް ރައީސް ޔާމީން ގޮވަނީ "ހިތުހުރި އެއްޗެއް" ކަމުގައި ވެސް މެންބަރު ވިދާޅުވިއެވެ.

އަދި އެފަދައިން ކަންތައް ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން މެންބަރު ވިދާޅުވީ، ކޮންމެ ރެޔަކު "ބޮނޑިބަތް ކައްކައިގެން، ތިކާނެ ބަޔަކު ދެން ނުވާނެ" ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެދުރުންނަކީ ކޮންމެ ޖީލެއްގެ އެންމެ މަތީ ފަޙުރު: މަޖިލީހުގެ ރައީސްޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 13 ދުވަސް ކުރިންޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭޚަބަރު | 16 ދުވަސް ކުރިންފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިޚަބަރު | 16 ދުވަސް ކުރިން