logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދަރިކަލުންނާ ގުޅުވާ ދެއްކި ވާހަކަތައް ބަލާ ފިޔަވަޅުއެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ހުސައިން ވަސީމް
14 މާރިޗު 2025 - 15:15
ރައީސްގެ ދަރިކަލުންނާ ގުޅުވާ ދެއްކި ވާހަކަތައް ބަލާ ފިޔަވަޅުއެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

އެމްޑީޕީން ބޭއްވި މުޒަހަރަގައި ރައީސްގެ ދަރިކަލުންނާ ގުޅުވާ ވާހަކަ ދެއްކި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީން އިއްޔެ ރޭ ބޭއްވި އެއްވުމުގައި އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު ވަނީ ރައީސްގެ ދަރިކަލުންނާ ގުޅުވައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރުމުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާރް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން މި ފަދަ ކަންކަމުގައި ހަމަ އެކަނިބަޔާނަކުން ފުއްދާނުލުމާސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ އަބްދުއްރަޙީމް ބައްދަލުކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާޚަބަރު | 5 ގަޑިއިރު ކުރިން ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 20 ގަޑިއިރު ކުރިން