logo
Bank of Maldives

Bank of Maldives

ޚަބަރު

ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފި

އައިޝަތު ނަޝާ
25 ޑިސެމްބަރު 2025 - 13:51
 ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފި

ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކަކާއި ލުއިތަކެއް ދޭން ނިންމައިފިއިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ނިންމުން ނިންމާފައިވަނީ،އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒިީރު ސައީދު ވިދާޅުވީ އިއްޔެގެ ކެބިނެޓު ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މި ލުއިތަކުގެ ތެރޭގައި ޑިސެމްބަރު 17، ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ހުރިހާ ކަމެއް ހިމެނޭނެ ކަަމަށް ވެސް ވަޒީރު ސައީދު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި 595 އެސްއެމްއީ އަކަށް 349 މިލިއަން ރުފިޔާ ބިޒްނަސް ސަޕޯޓު ނުވަތަ ލުއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ އެސްއެމްއީޒް އަށް އަދި ސްޓާޓަޕްގެ އިތުުރުން ކުދި ވިޔަފާރިތަކަށް، ހާއްސަ އިނާޔަތްތަކަކާއި،ހާއްސަ ލުއިތަކެއް ދެއްވަން ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާފައިވާ ދެ އަހަރު ކަން ވަޒީރު ފާހަަގަ ކުރެއްވިއެވެ.

މީގެއިތުރުން ވިޔަފާރިއަކާ ގުޅުން ހުންނާނެ ހުރިހާ ދާއިރާއެއްގެ އެކި ފަރާތްތަކާ ވާހަކަދައްކައި، ކަންތައްތައް މި ދެންނެވި ވިޔަފާރިތަކުން ގެނައި މައްސަލަތަކާއި އޭގެ އިތުރަށް ސަރުކާރުން އިސްވެކުރާ ކަންތައްތައް ވެސް އެޑްރެސްކުރެވޭނެ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވިޔަފާރިވެރިންނަށް ލިބެންޖެހޭ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު،މިމަހު ވިޔަފާރިވެރިންނާ ބައްދަލުކުރައްވި ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދުޚަބަރު | 44 މިނިޓު ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 21 ގަޑިއިރު ކުރިން"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެ"ޚަބަރު | ދުވަހެއް ކުރިންފަށަން 70، ރައްޔިތުންގެ ވަރުގަދަ މެސެޖެއް!ރިޕޯޓް | ދުވަހެއް ކުރިން