logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދު

މުޙައްމަދު އަފްރާޙް
21 ފެބްރުއަރީ 2026 - 07:56
އެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދު

އެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވާ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ސައީދު ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި އައު ވިސްނުމެއް ނެތް ކަމަށާއި އިންތިހާބަކުން އެ ޕާޓީއަށް ފުރުސަތު ދޭންޖެހޭ ސަބަބެއް ވެސް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބެއް ބޯމަތިވެ، ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ލިބިފައިވާ މިދަނޑިވަޅު ޕާޓީތަކަށް ބާރު ލިބުމުން ކަންކަން ކުރި ގޮތް ބަލާ ވިސްނާލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން މީގެކުރިން ވަނީ އެމްޑީޕީއަށް ފުރިހަމަ ބާރު ދީފައި ކަމަށާއި އެހެންނަމަވެސް އެބާރު ލިބުމުން ކަންކަން ވީގޮތް ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒަރވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން އިސްވެ ދިން ގެއްލުން ފެންނަން ހުރި ކަމަށާއި ލާމަރުކަޒީ ނިޒާމުގެ އިސް ޕާޓީއަކީ އެއީ ކަމަށް ދައުވާކުރާއިރު، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން އެ ޕާޓީން ކުރީ ކީއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދުޚަބަރު | ގަޑިއިރެއް ކުރިންއައިލާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނަން ލިބުނު ފުރުޞަތެއް: ސައީދުޚަބަރު | 23 ދުވަސް ކުރިންޕީއެންސީގެ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފިޚަބަރު | 24 ދުވަސް ކުރިން ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފިޚަބަރު | 2 މަސް ކުރިން