logo
E-Platinum
ޚަބަރު

އާރުޑީސީގެ ޚަރަދު ކުޑަކޮށް، ހުއްޓިފައި އޮތް 17 ޕްރޮޖެކްޓް އަލުން ފަށައިފި

އަޙްމަދު ޒަލީފް
23 ނޮވެމްބަރު 2024 - 15:15
އާރުޑީސީގެ ޚަރަދު ކުޑަކޮށް، ހުއްޓިފައި އޮތް 17 ޕްރޮޖެކްޓް އަލުން ފަށައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ރިފޯމް ކުރުމަށް ކުރި މަސައްކަތުން މަހެއްގެ މައްޗަށް 18 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް ޚަރަދު ކުޑަކުރެވިފައިވާކަމަށާއި، ރައީސް ޑރ މުޢިއްޒު ސަރުކާރާ ހަވާލުވިއިރު ހުއްޓިފައި އޮތް 17 ޕްރޮޖެކްޓެއްގެ މަސައްކަތް އަލުން ފަށާފައިވާކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

އާރުޑީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ، ކުންފުންޏާ ހަވާލުވެ އެންމެ ފުރަތަމަ މަސައްކަތް ފެށީ ކުންފުނި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތްތަކެއް ހޯދުމަށްކަމަށެވެ.

އެގޮތުން ކުންފުނީގެ ބޯޑާއި ޕީސީބީއާއި މަޝްވަރާކުރެވިގެން ކުންފުނި ރިޕޯމް ކުރުމުގެ މަސައްކަތް ފެށިކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ކުރި އެންމެ މުހިންމު އެއްކަމަކީ ހިންގުމުގެ ޚަރަދު ކުޑަކުރުންކަމަށާއި އެގޮތުން ކުންފުންޏަށް ތަކެތި ގަންނާނެ ވަކި އަގުތަކެއް ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، ކުންފުނީގެ ޚަރަދު ކުޑަކުރުމަށް އިތުރު ގަޑި ލިބޭ ގޮތުގެ ކޮންޓްރޯލް މެކޭނިޒަމެއް ކަނޑައެޅިކަމަށެވެ. އަދި އެކުންފުންޏަކީ ރަސްމީކޮށް 6 ދުވަހު މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރަން އާރުޑީސީއަށް ޚަބަރު | ދުވަހެއް ކުރިންސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަޤާމްތަކަށް ބަދަލު ގެނެސްފިޚަބަރު | 2 ދުވަސް ކުރިންކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީ އަށްޚަބަރު | 4 މަސް ކުރިން19 ރަށެއްގެ ސުކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަނީ ޚަބަރު | 5 މަސް ކުރިން