logo
MPL

MPL

ޚަބަރު

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރަން އާރުޑީސީއަށް

އަޙްމަދު ޒަލީފް
31 ޖުލައި 2025 - 09:15
ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރަން އާރުޑީސީއަށް

ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މީގެ ކުރިން 2 ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅައިގެން 18 މަގެއް ތަރައްޤީކުރިއެވެ. އަދި 2022 ވަނަ އަހަރު ވަނީ އިތުރު 24 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށާފައެވެ. މި މަސައްކަތްތައްވެސް ކޮށްފައިވަނީ އާރްޑީސީންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

GxHxTefbMAArpD4.jpg

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 100.4 މިލިޔަން ރުފިޔާއަށް 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓިގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި ކުޅުދުއްފުށި ސިޓީގެ ނަހަދާހުރި ހުރިހާމަގެއް ޑިޒައިން ކުރުން ހިމެނެއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި، އެކި ޚިދުމަތްތަކަށް އެންމެ ގިނަ ބަޔަކު އަރާ ފައިބާ ރަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅުދުއްފުށީގައި ހާއްސަ މަރުކަޒެއް ހުޅުވައިފިޚަބަރު | 3 ދުވަސް ކުރިންކުޅިދުއްފުށީގައި ތަރައްޤީކުރި ބަނދަރު އޮފީހާ ގްރީން ޒޯން ހުޅުވައިފިޚަބަރު | މަހެއް ކުރިންގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށްވިޔަފާރި | މަހެއް ކުރިންމަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރުޚަބަރު | 2 މަސް ކުރިން