ކުޅިދުއްފުށީގައި ތަރައްޤީކުރި ބަނދަރު އޮފީހާ ގްރީން ޒޯން ހުޅުވައިފި
4 ސެޕްޓެމްބަރު 2026 - 11:11

ހދ. ކުޅުދުއްފުށީ ސިޓީ ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގައި ތަރައްގީ ކުރި ބަނދަރު އޮފީހާއި އެ ސަރަހައްދުގެ ލޭންޑްސްކޭޕް ކުރި ގްރީންޒޯން ހުޅުވައިފި އެވެ.
ސިޓީ ކައުންސިލުން ތަރައްގީކުރި މިތަން ހުޅުވައިދެއްވީ ރޭ އެކަމަށްޓަކާ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލަރުންނެވެ. މިރަސްމިއްޔާތުގައި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވި އެވެ.

Ad by Hajj Corporation

މިއީ ކުޅުދުއްފުއްޓަކީ ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މަޝްރޫއު އެކެވެ. ގްރީން ޒޯންގައި އިށީދެލެވޭ ގޮތަށް ތަފާތު ޑިޒައިނަކަށް ބެންޗް ގާއިމްކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށްވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގެ ލޭންޑްސްކޭޕް ކުރި ގްރީންޒޯން އާއި ބަނދަރު އޮފީހަކީ 4 ވަނަ ދައުރުގެ ކައުންސިލުން ފަށައި، ސިޓީ ކައުންސިލުގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓެކެވެ.
ކުރިން އުތުރު ބަނދަރު ސަރަހައްދުގައި ކޮންޓެއިނަރެއްގައި ހިންގަމުންދިޔަ ބަނދަރު އޮފީހުގެ މަސައްކަތްތައް މިހާރު މިވަނީ ޒަމާނީ ފެންވަރުގެ އާ އިމާރާތަކަށް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން ބަނދަރުގެ އޮޕަރޭޝަންސް ހަރުދަނާކުރެވި ބަނދަރުގެ ހަރަކާތްތައް ތަރުތީބުކުރެވި އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތްތަކެއް ދެވިގެންދާނެކަމަށް ކައުންސިލުން ދެކެ އެވެ.
މި އާ އޮފީހުގައި ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި، ގުދަނެއްގެ އިތުރުން، ބަނދަރު މޮނީޓަރކޮށް ބެލެހެއްޓުމަށް ހާއްސަ ޓެރެސްއަކާއި އާންމު ފާހާނާއެއް ހިމެނެއެވެ. މިއީ ބަނދަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

-01.jpg&w=3840&q=75)
