logo
MPL

MPL

ޚަބަރު

މަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރު

އަޙުމަދު ރިޝާން
8 އޯގަސްޓު 2026 - 13:17
މަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރު

ކުޅުދުއްފުށީ، މަގު ސާފުކުރާ ވެހިކަލް ބޭނުން ނުކުރެވި ލަސްވަނީ ރަށުން ލައިންސަންސް ނެގެން ނެތުމުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އެ ސިޓީ ކައުންސިލުން ގެނެސްދޭ "އާސްކް މޭޔާ" ގެ ދެވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މަގު ސާފުކުރާ ވެހިކަލް ބޭނުން ނުކުރެވި އޮތީ އެ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީގެ ސަބަބުން ލައިސަންސް ނެގުމުގައި ހުރި ދަތިކަމެއްގެ ސަބަބުން ކަމަށެވެ. އަދި އެކަމާ ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކޮށް، މިނިސްޓްރީން ބަޔަކު އެ ސިޓީއަށް އައިސް ލައިސަންސް ދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރު އާތިފު ވިދާޅުވީ ސިޓީ ކައުންސިލްގެ މުނިސިޕަލް ހިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ޒަމާނީ ވެހިކަލްތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިސްކަންދޭ ތަރުތީބުން އެކަން އެގޮތަށް ކުރަމުން ގެންދާނެ ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅުދުއްފުށީގައި ހާއްސަ މަރުކަޒެއް ހުޅުވައިފިޚަބަރު | މަހެއް ކުރިންކުޅިދުއްފުށީގައި ތަރައްޤީކުރި ބަނދަރު އޮފީހާ ގްރީން ޒޯން ހުޅުވައިފިޚަބަރު | 2 މަސް ކުރިންމަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރުޚަބަރު | 3 މަސް ކުރިންކުޅުދުއްފުށީ މަސް ޖެޓީގެ މަސައްކަތް ހުއްޓިފައި ވަނީ ސާވޭ އަގު ބޮޑުކަމުން: މޭޔަރުޚަބަރު | 3 މަސް ކުރިން