logo
MPL

MPL

ޚަބަރު

ކުޅުދުއްފުށީ މަސް ޖެޓީގެ މަސައްކަތް ހުއްޓިފައި ވަނީ ސާވޭ އަގު ބޮޑުކަމުން: މޭޔަރު

އަޙުމަދު ރިޝާން
5 އޯގަސްޓު 2026 - 12:29
ކުޅުދުއްފުށީ މަސް ޖެޓީގެ މަސައްކަތް ހުއްޓިފައި ވަނީ ސާވޭ އަގު ބޮޑުކަމުން: މޭޔަރު

ކުޅުދުއްފުށީގެ ޒުވާން މަސްވެރިންނަށް އަޅަން ނިންމި މަސް ބާނާ ޖެޓީގެ މަސައްކަތް މަޑުޖެހިފައި ވަނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާވޭގެ އަގު ބޮޑުކަމުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އެ ސިޓީ ކައުންސިލުން ގެނެސްދޭ "އާސްކް މޭޔާ" ގެ މިދަރުއުގެ ފުރަތަމަ އެޕިސޯޑަށް ފޮނުވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ވިދާޅުވީ މިފަދަ ޖެޓީއެއް ހެދުމަކީ ކުޅުދުއްފުށީ މަސްވެރިން ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެކަމަށް މިދިޔަ ދައުރުގައި ވެސް މަސައްކަތްތަކެއް ކުރި ކަމަށް އާތިފް ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރު ވިދާޅުވީ ޒުވާނުން ބޭނުންވާ ގޮތަށް ކުޅުދުއްފުށީ އިރުމަތީ ފަރާތުގައި މަސް ބޭނުމަށް ހާއްސަ ޖެޓީއެއް ހެދުމަށް ބޭނުންވާ ޖިއޯ ޓެކިނިކަލް ސާވޭ ކުރުމަށް ހުޅުވާލުމުން އެކަމަށް ހުށަހަޅާފައި ވަނީ 4.15 މިލިޔަން ރުފިޔާ ކަމަށެވެ. ހުސްއެކަނި ސާވޭ ކުރުމަށް އެވަރު ހަރަދެއް ކުރުމަކީ ބޮޑު ހަރަދެއް ކަމަށް މޭޔަރު ފާހަގަ ކުރެއްވެވި އެވެ.

މި ސަބަބާހުރެ ރަށުގެ ދެކުނު ފަރާތުގެ ބަދަލުގައި އުތުރު ފަރާތުގައި މިފަދަ ޖެޓީއެއް ގާއިމު ކުރުމުގެ ވިސްނުމެއް ގެނައި ނަމަވެސް އުތުރު ފަރާތަކީ މަސްވެރިކަން ކުރުމަށް ޖެޓީއެއް އެޅުމަށް ރަނގަޅު ސަރަހައްދެއް ނޫން ކަމަށް ޒުވާނުން ފާހަގަކުރި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އެހެންވެ ފަންޑިންގެ މައްސަލަ އުޅޭތީ މި މަސައްކަތް ސީދާ ކުރިޔަށްދާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވެވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅުދުއްފުށީގައި ހާއްސަ މަރުކަޒެއް ހުޅުވައިފިޚަބަރު | މަހެއް ކުރިންކުޅިދުއްފުށީގައި ތަރައްޤީކުރި ބަނދަރު އޮފީހާ ގްރީން ޒޯން ހުޅުވައިފިޚަބަރު | 2 މަސް ކުރިންމަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރުޚަބަރު | 3 މަސް ކުރިންކުޅުދުއްފުށީ މަސް ޖެޓީގެ މަސައްކަތް ހުއްޓިފައި ވަނީ ސާވޭ އަގު ބޮޑުކަމުން: މޭޔަރުޚަބަރު | 3 މަސް ކުރިން