logo
MPL

MPL

ޚަބަރު

19 ރަށެއްގެ ސުކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަނީ

އަޙްމަދު ޒަލީފް
16 މާރިޗު 2025 - 11:57
19 ރަށެއްގެ ސުކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަނީ

ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަަށް ތައުލީމީ ވުޒާރާއިން ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. 

މިކަމައްޓަކައި ތައުލީމީ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ތަޢުލީމީ ވުޒާރާއިން 19 ރަށެއްގެ ސުކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

އަތޮޅުތަކުގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ. 

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފިޚަބަރު | 18 ގަޑިއިރު ކުރިންފެނަކާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފިޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | މަހެއް ކުރިންއަމިއްްލަަ އަށް ރިޓަޔާވާން ދިން ފުރުސަތަށް ފެނައިގެ 97 މުވައްޒަފަކު އެދިއްޖެޚަބަރު | 2 މަސް ކުރިން