logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފި

އަޙުމަދު ރިޝާން
28 ޖުލައި 2026 - 13:31
ފެނަކަ އޮފީސް
ފެނަކަ އޮފީސް

އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން މުވައްޒަފުން ވަކި ކުރުމުގެ ބަދަލުގައި އަމިއްލަ އަށް ޝަރަފުގައި ވަކިވުމަށް މުވައްޒަފުންނަށް އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ކުރިން ފެނަކައިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އަމިއްލަ އަށް ވަކިވުމަށް 108 މުވައްޒަފަކު ހުށަހަޅާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެނަކައިން ބުނީ އުސޫލާ ހިލާފަށް އެއްވެސް މުވައްޒަފަކަށް ގެއްލުންވާ ގޮތަށް ވަކިކޮށްފައިނުވާ ކަމަށެވެ. އުސޫލާ ހިލާފަށް މުވައްޒަފުން ވަކިކުރާ ކަމަށް ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ފެނަކައިން މައުލޫމާތުދެ އެވެ.

ފެނަކައިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން 4 މަހުގެ މުސާރައާ އިނާޔަތްތަކާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން އެކަން ހުށަހަޅަންޖެހެ އެވެ. އެއާއެކު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވަކި އެއްބަސްވުމެއް ގާއިމު ކުރަމުންދާ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދެ އެވެ.

ފެނަކައިން ބުނީ އެކުންފުނީގެ މުވައްޒަފުން ވަކިވުމަށް އުސޫލެއް ކަނޑައަޅާ ހުޅުވާލާފައި ވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި އެކަން އިންޓާނަލް މެމޯއަކުން އަންގާފައިވާ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީއިން މީގެ ކުރިން ވަނީ ކުންފުނިތަކަށް އަންގާފަ އެވެ. ޕީސީބީއިން ވަނީ، އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި އުސޫލެއް ކަނޑައަޅާފައިވާ ކުންފުނިތަކުން ވެސް، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި، 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުނިތަކަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދުކުޑަ ގޮތެއް އިހުތިޔާރުކުރުމަށް އަންގާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފިޚަބަރު | ގަޑިއިރެއް ކުރިންއަމިއްްލަަ އަށް ރިޓަޔާވާން ދިން ފުރުސަތަށް ފެނައިގެ 97 މުވައްޒަފަކު އެދިއްޖެޚަބަރު | މަހެއް ކުރިންއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފިޚަބަރު | 2 މަސް ކުރިންފެނަކައިގެ އެމްޑީގެ މަޤާމުން ނަޖާޙް ވަކިކޮށްފިޚަބަރު | 4 މަސް ކުރިން