logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް

އައިޝަތު ނަޝާ
16 ޖުލައި 2026 - 05:33
މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފަށައިފި އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދުވަނީ ހުރިހާ ދަރިވަރުންނަށްވެސް ރިޕޯޓުފޮތް ޙަވާލުކޮށްފަ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދު ދަރިވަރުންނަށް ރިޕޯޓުފޮތް ދީފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 12އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 25 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި މިއަހަރު ގްރޭޑް 1އަށް ވަނުމަށްޓަކައި އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެ އެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި އަހަރު 84,000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާއިރު، އެ ކުދިންނަށް ކިޔަވައިދިނުމުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | 2 ގަޑިއިރު ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 3 މަސް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 5 މަސް ކުރިން ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް!ޚަބަރު | 6 މަސް ކުރިން