logo
Bank of Maldives

Bank of Maldives

ޚަބަރު

އަމިއްްލަަ އަށް ރިޓަޔާވާން ދިން ފުރުސަތަށް ފެނައިގެ 97 މުވައްޒަފަކު އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖޫން 2026 - 12:45
ފެނަކައިގެ އެމްޑީ އަފީފް
ފެނަކައިގެ އެމްޑީ އަފީފް

ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ކުންފުނި ހަމަޔަކަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަށް ފެށި މަސައްކަތުގެ ދަށުން، އަމިއްލައަށް ވަކިވާން ބޭނުންވި 97 މުވައްޒަފަކު އެ ފުރުސަތުގެ ބޭނުން ހިފާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން ވިދާޅުވެއްޖެއެވެ.

އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުން ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. އެމްޑީ އަފީފު ވިދާޅުވި ގޮތުގައި މި މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަރުހަލާ އަންނަ ޖުލައި މަހުގެ ނިޔަލަށް ނިމޭނެއެވެ. އަދި މުޅި ކުންފުނި އެކަށީގެންވާ މިންވަރަށް "ރައިޓްސައިޒް" ކުރުމުގެ ބޮޑު މަސައްކަތް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތަށް ބައެއް ރަށްރަށުގެ ބްރާންޗްތަކުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އަފީފު ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބަކީ ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ތިބުމުގެ ސަބަބުން، ހަގީގަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާއި ކުންފުނި ހިންގުމަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުން ދިއުމެވެ.

ފެނަކައިގެ މިހާރުގެ ހާލަތަށް ބަލާއިރު 8,000 އަށްވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެއެވެ.

މުވައްޒަފުންގެ އަދަދު އިންތިހާއަށް ގިނަވުމުގެ ސަބަބުން މުސާރަ ދިނުމަށްފަހު، ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ ސްޕެއާޕާޓްތަކާއި ތެޔޮ ފަދަ ތަކެތި ހޯދުމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްްލަަ އަށް ރިޓަޔާވާން ދިން ފުރުސަތަށް ފެނައިގެ 97 މުވައްޒަފަކު އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފިޚަބަރު | 16 ދުވަސް ކުރިންފެނަކައިގެ އެމްޑީގެ މަޤާމުން ނަޖާޙް ވަކިކޮށްފިޚަބަރު | 2 މަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 3 މަސް ކުރިން