logo
ޚަބަރު

ޓޫރިޒަމަށް 11 ރަށެއް, އިންވެސްޓުމަންޓެއް 385 މިލިޔަން ޑޮލަރަށް އަރާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2024 - 12:27
ޓޫރިޒަމަށް 11 ރަށެއް, އިންވެސްޓުމަންޓެއް 385 މިލިޔަން ޑޮލަރަށް އަރާނެ

ރާއްޖޭގައި ޓޫރިޒަމް ތަރައްޤީކުރުމަށް މި ސަރުކާރުން މިހާތަނަށް 11 ރަށެއް ދޫކޮށްފައިވާ ކަމަށާއި، މިއީ ގާތްގަނޑަކަށް 385 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިޞަލް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސް އިން ގެނެސްދިން ''ހަފްތާ 52'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް ގާތްގަނޑަކަށް 25 ރަށް ފަތުރުވެރިކަމަށް އަލަށް ހުޅުވާލާފައިވެއެވެ. އަދި އޭގެތެރެއިން 11 ރަށެއް ދޫކޮށްފައިވާ ކަމަށާއި މި ރަށްތަކުގެ އެވޯޑު ލެޓަރވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއީ ގާތްގަނޑަކަށް 385 މިލިޔަން ޑޮލަރުގެ އިންވެސްޓުމަންޓެއް. އެވޯޑު ލެޓަރ ހަވާލުކޮށްފައިވާ ބައެއް ތަންތަނުން މިހާރު ލާރިވެސް ދައްކައިފި.'' މިނިސްޓަރު ފައިޞަލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީގެ ތެރެއިން ގިނައިން ރަށްތައް ދިވެހި އިންވެސްޓަރުން ނަގާފައިވުން ކަމަށެވެ.

މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، އިޤްތިޞާދަށް ފައިދާ އިތުރުވެގެންދާނެއެވެ. އަދި ދިވެހިންނަށް ގިނަ ރަށްތައް ދޫކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވުމުން، މި ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީން ކްލައިމެޓް ފަންޑުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫޢު ރަސްމީކޮށް އިޢުލާންކޮށްފިޚަބަރު | 7 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.4 މިލިޔަނަށްވިޔަފާރި | 20 ދުވަސް ކުރިންޖުލައިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %11.5 މައްޗަށްޚަބަރު | މަހެއް ކުރިންރާއްޖޭގެ މުރަކަތައް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިން