logo
MPL

MPL

ވިޔަފާރި

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.4 މިލިޔަނަށް

ޝަހްޒާ މުހައްމަދު
17 އޯގަސްޓު 2025 - 08:44
ފަތުރުވެރިން ޒިޔާރަތްކުރި  އަދަދު 1.4 މިލިޔަނަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9 އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،402،715 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،286،377 ފަތުރުވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ގިނައި ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ޗައިނާއިން 215،388 ފަތުރުވެރިން އައި އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން އައީ 166،496 ފަތުރުވެރިންނެވެ. އަދި އިނގިރޭސީ ވިލާތުން 128،786 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،740 ފަތުރުވެރިން އާދެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައިޚަބަރު | 17 ދުވަސް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 21 ދުވަސް ކުރިންފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 23 ދުވަސް ކުރިންފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައިޚަބަރު | މަހެއް ކުރިން