logo
MPL

MPL

ޚަބަރު

ފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި

އަޙުމަދު ރަމީޒު
24 އޮކްޓޯބަރު 2026 - 12:08
ފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،728،760 ދަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ ތެރޭގައި 1،697،716 ފަތުރުވެރިންނާއި ބިޒްނަސް ވިސާގައި ޒިޔާރަތްކުރި 15،461 މީހުންނާއި ކްރޫޒްތަކުގައި ޒިޔާރަތްކުރި 15،583 މީހުން ހިމެނެ އެވެ.

މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 770،644 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތަކުގެ ތަފާސްހިސާބު

  • ހއ. އަތޮޅު: 12،506 ފަތުރުވެރިން
  • ހދ. އަތޮޅު: 4،446 ފަތުރުވެރިން
  • ށ. އަތޮޅު: 12،584 ފަތުރުވެރިން
  • ނ. އަތޮޅު: 77،881 ފަތުރުވެރިން
  • ރ. އަތޮޅު: 136،808 ފަތުރުވެރިން
  • ބ. އަތޮޅު: 93،368 ފަތުރުވެރިން
  • ޅ. އަތޮޅު: 84،109 ފަތުރުވެރިން
  • ކ. އަތޮޅު: 770،644 ފަތުރުވެރިން
  • އއ. އަތޮޅު: 116،371 ފަތުރުވެރިން
  • އދ. އަތޮޅު: 137،040 ފަތުރުވެރިން
  • ވ. އަތޮޅު: 49،207 ފަތުރުވެރިން
  • މ. އަތޮޅު: 15،747 ފަތުރުވެރިން
  • ފ. އަތޮޅު: 4،310 ފަތުރުވެރިން
  • ދ. އަތޮޅު: 79،638 ފަތުރުވެރިން
  • ތ. އަތޮޅު: 2،427 ފަތުރުވެރިން
  • ލ. އަތޮޅު: 5،081 ފަތުރުވެރިން
  • ގއ. އަތޮޅު: 27،329 ފަތުރުވެރިން
  • ގދ. އަތޮޅު: 14،090 ފަތުރުވެރިން
  • ފުވައްމުލައް ސިޓީ: 6،347 ފަތުރުވެރިން
  • ސ. އަތޮޅު: 12،671 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 180 ރިސޯޓާއި 934 ގެސްޓްހައުސް އާއި 165 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 68،243 އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައިޚަބަރު | ގަޑިއިރެއް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 4 ދުވަސް ކުރިންފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 6 ދުވަސް ކުރިންފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައިޚަބަރު | 14 ދުވަސް ކުރިން