logo
MPL

MPL

ޚަބަރު

ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފި

އަޙުމަދު ރަމީޒު
18 އޮކްޓޯބަރު 2026 - 14:31
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް

ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅުގެ ރަށްތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ލުއިތައް ދެމިއޮންނާނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

އާ އުސޫލުގެ ދަށުން ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރަން ހަމަޖެހިފައިވަނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ ރޭޓް ބިމުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދާއި، ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ. އޭރުން 20 ހެކްޓަރުން ފެށިގެން 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާނެ އެވެ. އަދި 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ހއ، ހދ، ށ، ތ، އަދި ސ އަތޮޅަށް ކަނޑައަޅާފައިވާ ވަކިވަކި ރޭޓްތައް:

* ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރު
* ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރު

ލ. އަތޮޅަށް ކަނޑައަޅާފައިވާ ރޭޓް:

* ބޭސް ރޭޓަކީ 700,000 އެމެރިކާ ޑޮލަރު
* ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރު

އާ އުސޫލުގައިވާ ގޮތުން ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަހައްދު ސާވޭ ކުރުމަށްފަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ފަޅު ހިއްކުމުގެ ހުއްދަދޭނީ ހިއްކާ ސަރަަަަަހައްދުގެ އެކުއިޒިޝަން އަގު ދެއްކުމުން ކަމަށެވެ. ހިއްކާ ސަރައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަޙައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 2 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައިޚަބަރު | 8 ދުވަސް ކުރިންރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސަންޓް ތިބީ ގެސްޓްހައުސްތަކުގައިޚަބަރު | 13 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 15 ދުވަސް ކުރިން