logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުލައިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %11.5 މައްޗަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 02:20
ރިސޯޓެއްގެ ގޮނޑުދޮށުގައި ފަތުރުވެރިޔަކު އަސް ދުއްވަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރިސޯޓެއްގެ ގޮނޑުދޮށުގައި ފަތުރުވެރިޔަކު އަސް ދުއްވަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް

މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 11.5 އިންސައްތަ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް 186،738 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި 167،528 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،308،582 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. މި ފަތުރުވެރިންގެ ތެރެއިން 73.1 އިންސައްތަ ކަމުގައިވާ 932،504 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާއިރު، މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 587 މިލިއަން ރުފިޔާއަށްވުރެ 563.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފަތުރުވެރިން ބޭނުންކުރާ ތަންތަނަށް ބަލާއިރު، ގެސްޓްހައުސްތަކުގައި 22.1 އިންސައްތަ ކަމުގައިވާ 281،669 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓާތަކުގައި 34،306 ފަތުރުވެރިންނާއި، ސަފާރީ އުޅަނދުތަކުގައި 26،869 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި އެހެނިހެން ތަންތަނުގައި 894 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ 175 ރިސޯޓާއި، 886 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓަލުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށްވިޔަފާރި | 4 ދުވަސް ކުރިންގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާވިޔަފާރި | 6 ދުވަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 8 ދުވަސް ކުރިންއަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 16 ދުވަސް ކުރިން