މޯލްޑިވްސް ޕޮލިޓެކްނިކް ޒަމާނާ އެއްގޮތަށް ރީބްރޭންޑް ކުރަނީ


30 ނޮވެމްބަރު 2024 - 01:48
މޯލްޑިވްސް ޕޮލިޓެކްނިކް ޒަމާނާ އެއްގޮތަށް ރީބްރޭންޑް ކުރުމަށް ނިންމާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައި ވަނީ ޕޮލިޓެކްނިކް ޒަމާނާ އެއްގޮތަށް ރީބްރޭންޑް ކުރުމަށް ނިންމާފައިވާތީ ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.
އެތަން ޒަމާނީކޮށް ރީބްރޭންޑް ކުރަން ނިންމަފައި ވަނީ ޒަމާނީ ތައުލީމު ދެވޭ ގޮތަށް އަދި ތަނުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނަކީ އުފާވެރިކަމާއެކު ކިޔެވުގެ މާހައުލެއް އޮތް ތަނެއްގެ ގޮތަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ޒުވާނުންނަށް އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގުތަނަވަސްވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށާއި، އެފަދަ މާހައުލެއް ޕޮލިޓެކްނިކުގައި މިވަގުތު ނެތް ކަމަށެވެ. އެހެންވެ ދަރިވަރުންގެ ފަރާތުން އެ ޝަކުވާތައް ލިބޭ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށް 2010 ވަނަ އަހަރު އުފައްދާފައިވާ ތަނެކެވެ.
ޕޮލިޓެކްނިކްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ޒުވާނުން ތަމްރީންކުރުމުގެ މަސަކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އިތުރު ލިޔުންތައް

މަތީ ތައުލީމާބެހޭ ވަޒީރު ތުރުކީއަށް
9 މަސް ކުރިން
ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތަޢުލީމް ކުރިއެރުވުމަށް މަޝްވަރާކޮށްފި
9 މަސް ކުރިން
މެލޭޝިއާގައި ރާއްޖޭގެ 561 ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
8 މަސް ކުރިން