logo
MPL

MPL

ޚަބަރު

ކެރިއާ ގައިޑެންސް ޕްރޮގްރާމެއް މި މަހު ފަށަނީ

އަޙްމަދު ޒަލީފް
17 ސެޕްޓެމްބަރު 2024 - 07:31
ކެރިއާ ގައިޑެންސް ޕްރޮގްރާމެއް މި މަހު ފަށަނީ

ކެރިއާ ގައިޑެންސަށް ހާއްސަކޮށްގެން ނެޝަނަލް ކެރިއާ ސާވިސްގެ ޕްރޮގްރާމެއް މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ކުރިން ޖޮބް ސެންޓަރުގެ ނަމުގައި ހިންގި މިހާރުގެ ނެޝަނަލް ކެރިއާ ސާވިސް އިން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ބާރު ސްޕީޑްގައި މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކެރިއ ގައިޑެންސް އަކީ މިހާރު އެތަނުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް. އަޅުގަނޑުމެން މިހާރު މި މަހުގެ ފަހުކޮޅާއި އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އަތޮޅުތަކަށާއި އަދި މާލޭގައި ކެރިއަރ ގައިޑެންސް ވަރަށް ބާރު ސްޕީ ގައި ފެށުމަށް މިހާރުވަނީ ޕްލޭންތަކެއްކޮށްގައި." އޭނަ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އަމާޒަކީ އަހަރަކު ދެ ފަހަރު ކެރިއާ އެކްސްޕޯއެއް ވެސް ބޭއްވުން ކަމަށެވެ. އޭގެ ތެރެއިން ކައުންސެލިން އާއި މަތީ ތައުލީމުގައި ހުރި ފުރުސަތުތަށް ދަރިވަރުންނަށް ފޯރުކޮށް ދޭނެ އެވެ. އަދި ރާއްޖޭގައި ހުރި ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓްތަކުން މަތީ ތައުލީމުގެ ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް އެއް ފުރާޅެއް ދަށުން ދޭނެ އެވެ.

 

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމް މާލެ އާއި އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސާނީ ވަގުފާރި ހުއްޓުވަން ޔޫއެންއޯޑީސީގެ އެހީ ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 6 މަސް ކުރިންފަސޭހަ ބަދަލުތަކަކާ އެކު، ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންއާރޓް-ކަލްޗަރގެ ދާއިރާއިން ކިޔެވުމަށް ''ލަތާ މަންގޭޝްކަރު '' ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 8 މަސް ކުރިން