logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އައިޝަތު ނަޝާ
30 އޭޕްރީލު 2026 - 04:49
ޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ފަރާތުން ރާއްޖެއަށް ދޭ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ޖުމްލަ 40 ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްޓަރސް ޑިގްރީގެ 30 ފުރުޞަތާއި ޕީއެޗްޑީގެ 10 ފުރުޞަތެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެކި ޔުނިވަރސިޓީތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި މަހުން މަހަށް ދޭ އެލަވަންސް (ސްޓައިޕެންޑް) ހަމަޖައްސައިދޭނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ. އަދި ކިޔަވަން ދިއުމަށާއި ނިންމާފައި އައުމަށް ބޭނުންވާ ރިޓާން އެއަރ ޓިކެޓް ހަމަޖައްސައިދޭނީ ދިވެހި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

މިނިސްޓްރީން ބުނިގޮތުގައި، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިނިސްޓްރީގެ ފަރާތުން ނޮމިނޭޓް ކުރާނެއެވެ. ނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުންނެވެ. ބައެއް ކޯސްތަކަކީ ޗައިނީޒް ބަ

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:
  • މާސްޓަރސް އަށް އެދޭނަމަ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ތިން އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • ޕީއެޗްޑީ އަށް އެދޭ ފަރާތްތަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ތިން އަހަރުގެ މަސައްކަތު ތަޖުރިބާ ހުރުން
  • 1 ސެޕްޓެމްބަރު 2026 އަށް އުމުރުން 40 އަހަރު ފުރިފައިނުވުން
  • އިނގިރޭސި ބަހުގެ ފެންވަރު ދެނެގަތުމަށް ހަދާ އައިއޫއެލްޓީއެސް އިން 6.0 ނުވަތަ ޓީއޯއީއެފްއެލްއިން 570 އަށްވުރެ މަތިން މާކްސް ލިބިފައިވުން

 

އެޕްލިކޭޝަނާއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓް، އައިޑީ ކާޑާއި ޕާސްޕޯޓްގެ ކޮޕީ، ސްޓަޑީ ޕްލޭން، ދެ ރިކޮމެންޑޭޝަން ލެޓަރ، އަދި މެޑިކަލް އާއި ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހެއެވެ.ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ އެމްކިއުއޭ އިން ވެލިޑޭޓްކޮށްފައި އޮންނަންވާނެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 11 މޭ 2026 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން 1474 އަށް ގުޅުމަށް ނުވަތަ helpdesk@mohe.gov.mv އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 3 ގަޑިއިރު ކުރިންފަސޭހަ ބަދަލުތަކަކާ އެކު، ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންއާރޓް-ކަލްޗަރގެ ދާއިރާއިން ކިޔެވުމަށް ''ލަތާ މަންގޭޝްކަރު '' ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިން