logo
MPL

MPL

ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވަން ޔޫއެންއޯޑީސީގެ އެހީ ހޯދަނީ

އައިޝަތު އީމާން ރަޝީދު
12 ނޮވެމްބަރު 2026 - 06:39
ހޯމް މިނިސްޓަރ ނަޒީރު އިންސާނީ ވަގުފާރީގެ ބައްދަލުވުގައި
ހޯމް މިނިސްޓަރ ނަޒީރު އިންސާނީ ވަގުފާރީގެ ބައްދަލުވުގައި

ރާއްޖޭގައި އިންސާނީ ވަގުފާރިއާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން، ހޯމް މިނިސްޓްރީއާ އދ. ގެ މަސްތުވާތަކެއްޗާއި ކުށާ ބެހޭ އޮފީސް ޔޫއެންއޯޑީސީއާ މަޝްވަރާކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރުގެ އިތުރުން، އެންޓި-ޓްރެފިކިންގ އޮފީހުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެނެވި އެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ އިދާރާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހެޑް އޮފް އޮފީސް، އެންރީކޯ ބޮނިންސެގްނާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމާއި، އެފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އެހެން މުއައްސަސާތަކުން އެހީ ހޯދުމުގައި އިޖުރާއަތްތައް ހަރުދަނާކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފްރަންޓްލައިން އޮފިޝަލުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 2026 އިން 2028 އަށް އެކުލަވާލާފައިވާ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ އެކްޝަން ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމުގައި ޔޫއެންއޯޑީސީގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސާނީ ވަގުފާރި ހުއްޓުވަން ޔޫއެންއޯޑީސީގެ އެހީ ހޯދަނީޚަބަރު | 40 މިނިޓު ކުރިންރާއްޖެ އަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް- ދާހިލީ ވަޒީރުޚަބަރު | 2 އަހަރު ކުރިންބިދޭސީންއަތުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުން ދިޔަ ފަސް އޮފިސަރެއްގެ މައްސަލަ ތަހުގީގު ކުރަނީޚަބަރު | 2 އަހަރު ކުރިންއެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފިޚަބަރު | 2 އަހަރު ކުރިން