logo
MPL

MPL

ޚަބަރު

ރާއްޖެ އަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް- ދާހިލީ ވަޒީރު

ހުސައިން ވަސީމް
30 ނޮވެމްބަރު 2024 - 10:56
ރާއްޖެ އަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް- ދާހިލީ ވަޒީރު

ދިވެހި ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ޤައުމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސުވާލުކުރެއްވުމުން، އެކަމަށް ހަނުހުންނެވިކަމަށް ބުނެ އަމިއްލަ މީޑިއާއަކުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެންނެވެ. މީޑިއާއިން ލިޔެފައިވާ ހަބަރު މިނިސްޓަރު ވަނީ ދޮގު ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ އިހުސާން ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަޤުވާމީ ކޯޓުތަކުން ކުރާ އަމުރުތައް އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ ޤައުމެއްކަމަށެވެ. ނޫސްތަކުން ގުޅުމުން އެކަމުގައި އަމަލުކުރާނެ ގޮތް ސާފުކޮށް ވިދާޅުވެދެއްވާފައިވާނެ ކަމަށްވެސް މިނިސްތަރ އިހުސާން ވިދާޅުވި އެވެ.

މިކަމުގައި ރާއްޖެއިން ގެންގުޅޭ ސްޓޭންޑް ބަދަލުނުވާނެ ކަމަށާ މީސް މީޑިއާގައި ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޣައިރު ގާނޫނީ ދައުލަތް ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބިންޔާމީން ނަަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރިކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން  މިމަހުގެ 21 ވަނަ ދުވަހު ވަނީ ނެރެފައެވެ. މިކަމާ ގުޅިގެން އެކަމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

އެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގެ ނިންމުމަށް އިހުތިރާމުކުރާކަން ފާހަގަކުރައްވައި އެ ހުކުމް ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަން ރާއްޖެއިން ފާހަގަކުރާ ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންސާނީ ވަގުފާރި ހުއްޓުވަން ޔޫއެންއޯޑީސީގެ އެހީ ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންރާއްޖެ އަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް- ދާހިލީ ވަޒީރުޚަބަރު | 2 އަހަރު ކުރިންބިދޭސީންއަތުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުން ދިޔަ ފަސް އޮފިސަރެއްގެ މައްސަލަ ތަހުގީގު ކުރަނީޚަބަރު | 2 އަހަރު ކުރިންއެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފިޚަބަރު | 2 އަހަރު ކުރިން