logo
E-Platinum
ޚަބަރު

އެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފި

ހުސައިން ވަސީމް
14 ނޮވެމްބަރު 2024 - 16:42
އެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފި

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން ތައާރަފްކޮށްފި އެވެ.

އެމަޖެންސީ ހާލަތްތަކުގައި ގުޅުމަށް އިފްތިތާހްކުރި ނަމްބަރަކީ "911" އެވެ. މިރޭ އިސްކަންދަރުކޮށިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނަމްބަރު ތައާރަފްކޮށްދެއްވީ ދާހިލީ ވަޒީރު ޢަލީ އިޙްސާނެވެ.

މިހިދުމަތް ގާއިމްކޮށްފައި ވަނީ ދިވެހިފުލުހުންގެ ހިދުމަތުގެ ތެރޭގައެވެ. މިއާއެކު ފުލުހުންގެ ހިދުމަތާއި އެމްބިއުލާންސްގެ ހިދުމަތާއި ކޯސްޓްގާދްގެ ހިދުމަތާއި ފަޔަރ އެންޑް ރެސްކިއުގެ ހިދުމަތްވެސް މި ނަމްބަރުގެ ތެރެއިން ލިބިގެންދާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މީގެ ކުރިން އެމެޖެންސީ ހާލަތްތަކުގައި ގުޅަމުންއައީ އެކި ނަމްބަރުތަކަށް ނަމަވެސް މިގާއިމް ކުރެވުނު އެމެޖެންސީ ނަމްބަރުން އެހިދުމަތް ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު އެއް ނަމްބަރަކުން ލިބިގެންދާނެ ކަމަށެވެ.

މިހިދުމަތް މިވަގުތު ތައާރަފްވެގެން މިއައީ އެންމެ ބޭނުންވާ ފެންވަރުގައި ނޫންކަމަށާ މިހިދުމަތް ފެށީ މިވަގުތަށް ރައްޔިތުންނަށް އެންމެ ބޭނުންވާ ފެންވަރުގައި ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި މި ހިދުމަތް މިއަށްވުރެ ފުޅާކޮށް މިއަށްވުރެ ތަރައްގީ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މުވައްޒަފުންނަށް ތަމްރީނުތައް ފޯރުކޮށްދިނުމާ ޓެކްނޮލޮޖީގެ ގޮތުންވެސް މިހިދުމަތް މިއަށްވުރެ ފުރިހަމަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ރެސްޕޮންސްޓީމުން ދިއުމަށް ހޭދަވާ ވަގުތު ކުޑަ ކުރުމަށް އިތުރު ފިޔަވަޅުތަކެއް ކުރިއަށް އޮތްތަނުގައި އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމެޖެންސީ ނަމްބަރު ތައާރަފް ކުރުމަށް މަސައްކަތް ކުރި ހުރިހާ އިދާރާތަކެއް ގުޅިގެން ކުރިއަށް އޮތްތަނުގައި މިއަށްވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިނަމްބަރަކީ އެމެޖެންސީ ހާލަތްތަކުގައި އެކަނި ގުޅުމަށް ހާއްސަ ކޮށްފައިވާ ނަމްބަރެއް ކަމަށްވާއިރު މިނަމްބަރަށް ޕްރޭންކް ކޯލް ކުރުމާއި، ގުޅާން ނުޖެހޭ ހާލަތްތަކުގައި ނުގުޅުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުއްލި ހާލަތްތަކުގައި ގުޅުމަށް އިމަޖެންސީ ނަންބަރެއްގެ ގޮތުގައި މިހާރުވެސް ގިނަ ގައުމުތަކުގައި 911 ބޭނުންކުރަމުންދެއެވެ.

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ ޚަބަރު | 6 މަސް ކުރިންމިއަދު މުޒާހަރާކުރި ބިދޭސީންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ ޚަބަރު | 7 މަސް ކުރިންފުވައްމުލަކު ގެއެއްގައި އަލިފާން ރޯވެއްޖެޚަބަރު | 8 މަސް ކުރިންސިހުރުގެ މައްސަލައެއްގައި ފުލުހުން ހއ.ކެލައިން ފަސް މީހުން ހައްޔަރު ކޮށްފިޚަބަރު | 8 މަސް ކުރިން