logo
E-Platinum
ޚަބަރު

ފުވައްމުލަކު ގެއެއްގައި އަލިފާން ރޯވެއްޖެ

ސުދާ ލަތީފް
4 ޑިސެމްބަރު 2024 - 04:51
ރޯވި އަލިފާނުގެ ހާދިސާ ހިނގާފައިވާ ގެ: ފޮޓޯ އެމްއެންޑީއެފް
ރޯވި އަލިފާނުގެ ހާދިސާ ހިނގާފައިވާ ގެ: ފޮޓޯ އެމްއެންޑީއެފް

ފުވައްމުލައް ސިޓީގެ ގައެއްގެ ތެރެއިން އަލިފާން ރޯވެފައިވާއިރު، އެ ހާދިސާ ހިނގި ކޮޓަރީގައި ކުޑަ ދެ ކުދިން ތިބި ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

ފުވައްމުލައް ސިޓީގެ ގައެއްގެ ތެރެއިން އަލިފާން ރޯވެފައިވާއިރު، ފުރަތަމަ ރޯވެފައިވަނީ ކޮޓަރި ތެރޭގައި ހުރި ބަންކު އެނދެއްގެ މަތީގައި އަޅާފައި އޮތް ގޮދަޑިއެއްގައެވެ. އަދި ހާދިސާ ހިނގި އިރު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދިން ތިބި ކަމަށް އެމްއެންޑީއެފް ބުނެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުވައްމުލައް، މިސްކިތްމަގު "ޝިވާ" ނަމަކަށް ކިޔާ ގެއެއްގައެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ގޭގައި އަލިފާން ރޯވުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަަމަށެވެ.

މި ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ ރޭ 22:05 ހާއިރު އެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފަ އެވެ.

ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދިން ތިބި ނަމަވެސް، އެ ދެ ކުދިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާދު ދެއެވެ. އަދި ރޯވި އަލިފާންގަނޑު ރޭ 22:40 ހާއިރު ނިއްވާލާފައިވާއިރު، މިހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އަދި ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާކަމަށް ކަމަށްވެސް މައުލޫމާތުލިބެ އެވެ.

އަލިފަނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެންޑިއެމްއޭ އިން ބުނީ އަލިފާން ރޯވި ގޭގެ މީހުން އެހެން ގޭތަކަށް ބަދަލްކޮށްފައިވާ ކަމަށެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ގެއެއްގައި އަލިފާން ރޯވެއްޖެޚަބަރު | 8 މަސް ކުރިންއެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފިޚަބަރު | 8 މަސް ކުރިން