logoEN
ޚަބަރު

ބްރިޖުގެ ތަނބުތައް ޖެހުމަށް ގުޅިފަޅު-ތިލަފުށި ޗެނަލް ބަންދުކުރަނީ

ތިލަމާލެ ބުރިޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނޭ

ތިލަމާލެ ބުރިޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނޭ

އާމިނަތު ސަފާއާމިނަތު ސަފާ

03 ޑިސެމްބަރު 2024 - 13:13

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ ސަރަހައްދުން ދަތުރު ނުކުރުމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.މިކަމަށް އިލްތިމާސްކޮށް އެ ވުޒާރާއިން ބުނީ މާލެ- ތިލަފުށި ލިންކް މަޝްރޫގެ ދަށުން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު އޮންނަ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު ތިލަމާލޭގެ ޗެނަލްވެސް ބަންދުކޮށްފައި ވާތީ އެ ސަރަހައްދުންވެސް ދަތުރު ނުކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.ސަރުކާރުގެ 52 ހަފްތާގެ ކާމިޔާބީ ފާހަގަކުރަމުން އަންނައިރު ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް ވުޒާރާއިން މައުލޫމާތުދެއެވެ.މި މަޝްރޫއުގެ ދަސޫން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮސްފައިވަނީ 30 ސެޕްޓެމްބަރު 2026 އަށެވެ.

ކޮމެންޓް

871x217_placeholder