މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން


21 ޖެނުއަރީ 2025 - 14:54
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށާއި ނަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް ކަމާގުޅުންހުރި މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.ތިލަމާލޭ ބްރިޖް މަޝްރޫއުއާގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްޕް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި ދަނީ މަސައްކަތްކުރަމުންނެވެ.
މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މި ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުޞަތު އޮވެދާނެތީ، އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން މީގެކުރިންވެސް އެކި ފަހަރުމަތިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ޗެނަލްތައް މިހާރުވެސް ބަންދުކޮށްފައިވާކަމަށެވެ. އަދި ކަނޑު އުޅަނދުފަހަރު މި ސަރަހައްދުތަކުން ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރަން ތަކުރާރުކޮށް އިލްތިމާސްކުރާކަމަށެވެ.