logo
ޚަބަރު

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އެގައުމުގެ ރައީސްއަށް އަރުވައިފި

މަރިޔަމް ޔަނާ އަލީ
2 ސެޕްޓެމްބަރު 2024 - 13:37
ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައެޅި ސަފީރު ޝިއުނީން، ބަންގްލަދޭޝްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައެޅި ސަފީރު ޝިއުނީން، ބަންގްލަދޭޝްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައެޅުއްވި އައު ސަފީރު، ޝިއުނީން ރަޝީދު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީން އަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު "ބޮންގަބަބަން" ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ވަނީ ސަފީރު ޝިއުނީންއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި ބަންގްލަދޭޝްގެ ރައީސްއަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މިބައްދަލުވުމުގައި ސަފީރު ޝިއުނީންވަނީ ހެޔޮއެދުންތަކާއި ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝް ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރުމަށް އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ސަފީރު ޝިއުނީން އަކީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ހަތްވަން ސަފީރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | ދުވަހެއް ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 2 ދުވަސް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 2 ދުވަސް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން