logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ

ޝަހްޒާ މުހައްމަދު
12 ސެޕްޓެމްބަރު 2025 - 15:35
ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ

ފަލަސްޠީނު މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެކުލަވާލާފައިވާ "ނިއުޔޯކް ޑެކްލަރޭޝަން" އަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު އ.ދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ މި ގަރާރަކީ ސުލްހައާއި އިންސާފު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ގަރާރުތަކަކީ ބައިނަލްއަޤްވާމީ އެއްބައިވަންތަކަން ވަރުގަދަކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ޖަވާބުދާރީވުން ކަށަވަރުކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ ވެރިކަން ކުރާ ރަށްކަމުގައި ހަމަޖައްސައި، މިނިވަން އަދި މުސްތަގިއްލު ފަލަސްޠީނު ދައުލަތެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ގޮވާލާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އަޑުއުފުލަމުންނެވެ.

އަރަބި ލީގުން މި ޤަރާރަށް މީގެ ކުރިން ތާއީދުކޮށްފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އދ.ގެ މެންބަރު 17 ގައުމަކުން އެ ގަރާރުގައި ސޮއިކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމު: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 8 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި ޚަބަރު | 9 ގަޑިއިރު ކުރިން