logo
MPL

MPL

ޚަބަރު

ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު

 ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު

މިއަދު ރާއްޖެ މިއޮތީ ތަރައްޤީގެ ވަރަށް މުހިންމު ހަރުފަތެއްގައިކަން ފާހަގަކުުރައްވާ، ސަރުކާރުގެ މިހާރު ތަޞައްވުރުކޮށްފައިވާ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގައި ކުރިއަށްދިޔަ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ މި ސިޔާސަތުތަކުގެ އަސާސް ކަމަށް ބަލާފައިވާނީ މީހުންނާއި، ފަންނިއްޔާތުގެ ކުރިއެރުންތަކާއި ތިމާވެށީގެ ނާޒުކުކަމަށްކަމުގައި ފާހަގަކުރައްްވާފައެވެ. އަދި ސަރުކާރުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށާއި ރާއްޖޭގައި އިންވެސްޓްކުރުމުގެ ޤަވާއިދު ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއަށް އިސްލާހު ގެނައީ، އިންވެސްޓް ކުރާ ފަރާތްތަކަށް ސާފު މަގެއް ކޮށައި ދިނުމަށް ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެތެރޭގެ ވިޔަފާރިތައް ކުރިއަރާފައިވާ ދާއިރާތައް ހިމާޔަތް ކުރުމަށް ބަދަލުތައް ގެންނައިރު، އިތުރު އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އައު ދޮރުތައް ސަރުކާރުން ހުޅުވަމުންދާ ކަމަށެވެ. އެގޮތުން ޤައުމީ ތަރައްޤީގައި އިސްކަންދޭ ދައިރާތަކުން ބޭރުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ހޯދުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ޤާނޫނުތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ސަރުކާރުން މަސައްކަތް ކުރަނީ ހުޅުވިފައިވާ ވާދަވެރި އިޤްތިޞާދެއް ބިނާ ކުރުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ގޫގުލްގެ ދިވަރަ މަޝްރޫޢުގެ މިސާލު ދައްކަވާ ވިދާޅުވީ މިފަދަ އިންވެސްޓްމެންޓްތައް ރާއްޖެ އައުމުން ދައްކުވައިދެނީ ބޭރުގެ ބޮޑު ކުންފުނިތައްވެސް ރާއްޖެއަށް އިތުބާރު ކުރާ މިންވަރު ކަމަށެވެ.

ރައީސް ވަނީ މި ފޯރަމުގައި ބައިވެރިވި ލަންކާގެ ވިޔަފާރިތަކާއި، ލަންކާގައި ޤާއިމްވެ ތިބި އެހެން ޤައުމުތަކުގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކެއް ރާއްޖޭގައި ކުރުމަށް ދައުވަތު އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 3 ދުވަސް ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | 4 ދުވަސް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 5 ދުވަސް ކުރިން