logo
Bank of Maldives

Bank of Maldives

ޚަބަރު

މަތިވެރިންވެސް ރައީސް އަށް ހޫނު މަރުޙަބާއެއް

އަޙްމަދު ޒަލީފް
8 ޑިސެމްބަރު 2024 - 14:48
މަތިވެރިންވެސް ރައީސް އަށް ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ.މަތިވެރިއަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ.މަތިވެރިއަށް ވަޑައިގެންނެވީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ތޮއްޑޫއަށެވެ. އަދި މިއަދު މެންދުރު ވަޑައިގަތީ ރަސްދޫއަށެވެ. މަތިވެރިއަކީ މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށެވެ.

ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކ.އަތޮޅުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގާފަރަސެވެ. އެއަށްފަހު ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި މިރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅަކީ ކައުންސިލަރުންނާ ގާތުން މަސައްކަތް ކުރެއްވުމަށައި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

12 ވުޒާރާއެއްގެ ސިޓީ ނަންބަރަށް ބަދަލު ގެނެސްފިޚަބަރު | 9 ގަޑިއިރު ކުރިންޑިފެންސް މިނިސްޓަރގެ މަގާމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިން ސަރުކާރުގެ އިދާރީ އޮނިގަނޑަށް މުޅިން އައު ބަދަލު ތަކެއް!ޚަބަރު | 12 ގަޑިއިރު ކުރިންބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސައިފި!ޚަބަރު | 12 ގަޑިއިރު ކުރިން