logo
ޚަބަރު

އޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 ޑިސެމްބަރު 2024 - 07:01
އިމިގްރޭޝަނުގެ އޮފިސަރުންތަކެއް މަސައްކަތުގައި -- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުގެ އޮފިސަރުންތަކެއް މަސައްކަތުގައި -- ފޮޓޯ: އިމިގްރޭޝަން

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އޮޕަރޭޝަން ކުރަނގިގެ ތެރެއިން މިހާތަނަށް، 18،919 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.

މި އަހަރުގެ މޭއި މަހުގެ ކުރީކޮޅު ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 194 ރަށެއްގައި އެ މަސައްކަތް ފަށާފައިވާއިރު، މިހާރު އެ މަސައްކަތްތައް ކުރިއަށްގެންދަނީ  ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖައްސައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ހޯމް މިނިސްޓްރީން ބުނި ގޮތުގައި، އެ މަސައްކަތް އިތުރު 50 ރަށެއްގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އެ މަސައްކަތުގައި ސަރުކާރުގެ އެންމެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރުގެ ތެރޭގައި ޙައްލެއް ހޯދުމެވެ.

އޮޕަރޭޝަން ކުރަނގިގެ ތެރެއިން މިހާރު ކުރިއަށްދާ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެއެވެ.

އަދި އެ މަރުހަލާ ނިމުމުން، ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ފޮނުވަން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަނުގެ މައުލޫމާތު އޮޅުންފިލުވާދޭން 'އިމިގްރޭޝަން އިންސައިޓް' އިފްތިތާހްކޮށްފި ޚަބަރު | 20 މިނިޓު ކުރިންގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 19 ގަޑިއިރު ކުރިންސަރުކާރު ބަންދު ވިޔަސް މާދަމާވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 2 ދުވަސް ކުރިންޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިން