logo
MPL

MPL

ޚަބަރު

ސަރުކާރު ބަންދު ވިޔަސް މާދަމާވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

ނުހާ އަޙްމަދު
3 ސެޕްޓެމްބަރު 2025 - 11:53
ފޮޓޯ--// އިމިގްރޭޝަނަން
ފޮޓޯ--// އިމިގްރޭޝަނަން

މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މާދަމާއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް އިމިގްރޭޝަނުން ބުނީ، އިމުގަ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑި އިރު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައިވެސް ހެނދުނު 08:30 އިން 14:00އަށް ހިދުމަތް ލިބިގެންދާނެއެވެ.

ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 14:00އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މެޑިކަލް އެމަޖެންސީ ހާލަތްތަކުގަ 9555333 ފޯނު ނަންބަރަށް ގުޅައިގެންވެސް ޕާސްޕޯޓުގެ ހިދުމަތް މާދަމާ ދިނުމަށް އިމިްގރޭޝަނުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ހިދުމަތް ލިބޭނީ މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 17 ދުވަސް ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | 22 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންހުޅުމާލޭ 8 ތަނެއް ބަލާފާސްކޮށް 7 ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 2 މަސް ކުރިން