logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެ: ސަރުކާރު

އާމިނަތު ޝަފާ
19 ޑިސެމްބަރު 2024 - 04:24
ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކުރައްވައިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ފުލުހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ވަދެފައިވަނީ ސާވާގައި ހުރި ޑޮކިއުމަންޓްތަކެއް ނައްތާލާކަމަށް ލިބުނު މައުލޫމާތެއްގެ ތަހުގީގަށްކަން މެންދުރުޓީވީއަށް ވަނީ އިތުބާރުހުރި މަސްދަރަކުން ރޭ މައުލޫމާތު ލިބިފައެވެ.

ހުޅުމާލޭގައި މިވަގުތު ބިން ދޫކުރަނީ ފޭސް 2 އިން ހިއްކާފައިވާ ސަރަޙައްދުންނެވެ. އަދި ފޭސް 3 ގެ ގޮތުގައި ހިއްކަމުންދާ ބިމުންވެސް، އެ މަސައްކަތް ނިމުން ގޯތި ދޫކުރާނެއެވެ.

މިހުރިހާ ގޯތިތަކަކީ ވެސް ޕީޕީއެމްގެ ފުރަތަމަ ސަރުކާރުން ހިއްކާ ނިންމާފައިވާ ތަންތަނެވެ. އަދި މިހާރު ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

އެޗްޑީސީއަކީ އިންތިހާބުތަކާ ދިމާކޮށް އެމްޑީޕީގެ ސަރުކާރުގައި ގިނަ އަދަދަކަށް ވަޒީފާދީފައިވާ މުވައްޒަފުން ގިނަ އަދަދަކަށް ތިބިިތަނެއްކަން އެނގިފައިވެއެވެ. މިއިން އެއްވެސް މުވައްޒަފަކު މި ސަރުކާރުން ވަކިކޮށްފައެއްނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެޚަބަރު | 18 ގަޑިއިރު ކުރިންމެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތައް ހަމަޖައްސަވައިފިޚަބަރު | 6 ދުވަސް ކުރިންއެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީޚަބަރު | 10 ދުވަސް ކުރިންރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް ޚަބަރު | 19 ދުވަސް ކުރިން