logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީ

އައިޝަތު ނަޝާ
12 އޮކްޓޯބަރު 2025 - 11:17
އެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކޮށް ބަލަހައްޓާ ސޯޝަލް ހައުސިން ފުލެޓުތައް ކުއްޔަށް ދޫކުރާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނުގައި ވަނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމުން، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައެވެ.. އެގޮތުން، އެއްބަވުސްމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުމުގައި ވާގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"...އެހެންކަމުން، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދޫކޮށްފައިވޭތޯ މި ކޯޕަރޭޝަނުން ބަލަމުން ގެންދާނެވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރަމެވެ"_ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީން މިފަދައިން އިއުލާންކޮށްފައިވާއިރު ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދިނުންފަދަ އެއްބަސްވުމާ ޚިލާފު ކަންކަން ހިނގާ ނަމަ، އެފަދަ ތަންތަނާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަންތަން ދައުލަތަށް ނަގަން ސަރުކާރުން ނިންމާފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އަސާސީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ މިފަދަ މަޝްރޫއުތަކުން، ފްލެޓް ހޯދަން މަސައްކަތްކުރާއިރު، އެންމެ ހައްގު މީހުންނަށް ނުލިބިދާނެ ކަމަށް އެތައް ކަންބޮޑުވުމަކާއި ޝަކުވާއެއް ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް ފްލެޓް ހޯދުމަށްފަހު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެޚަބަރު | 2 ގަޑިއިރު ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | 13 ދުވަސް ކުރިންތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ ޚަބަރު | 18 ދުވަސް ކުރިންފަސް މިލިއަން ގަސް މަޝްރޫއު: އެޗްޑީސީން 121،032 ގަސް އިންދައިފިޚަބަރު | 24 ދުވަސް ކުރިން