logo
Bank of Maldives

Bank of Maldives

ޚަބަރު

ތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

އައިޝަތު ނަޝާ
16 ނޮވެމްބަރު 2025 - 12:50
ތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

ހުޅުމާލޭގައި ތަފާތު ހަރާކަތްތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުއްދަ ނުނަގައި، އެ ހަރަކާތްތަކަށް ސްޓޯލްތައް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ނުވަތަ ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނެގުމަކާ ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޯޕަރޭޝަނުން އެދުނީ، އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަންބަރު 3356112އަށް ގުޅައި، ހުއްދަ އޮތްކަން ޔަގީން ކުރުމަށް އެޗްޑީސީންވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، އެގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ މެއި މަހުގެ 14އިން ފެށިގެން، ހުޅުމާލޭގައި ފެއާ ނުވަތަ މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަން ވެސް އެޗްޑީސީން ހަނދާންކޮށްދީފައިވެއެވެ.

އެ ކޯޕަރޭޝަނުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތައް ބާއްވަން ސްޓޯލްތައް ވިއްކުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް މިދިޔަ ސެޕްޓެންބަރު މަހު ވެސް އެޗްޑީސީން އެދިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ ޚަބަރު | 5 ގަޑިއިރު ކުރިންފަސް މިލިއަން ގަސް މަޝްރޫއު: އެޗްޑީސީން 121،032 ގަސް އިންދައިފިޚަބަރު | 7 ދުވަސް ކުރިންފޭސް 3 ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފިޚަބަރު | 11 ދުވަސް ކުރިންއަންނަ މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށަނީޚަބަރު | 17 ދުވަސް ކުރިން