logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފި

އައިޝަތު ނަޝާ
19 ފެބްރުއަރީ 2026 - 05:13
ފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ރަމަޟާން މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި "ރޯދަ މާރުކޭޓު" ހުޅުވައިފިއެވެ.

މި މާރުކޭޓަކީ ރަމަޟާން މަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީ ކުރި މާރުކޭޓެކެވެ.

އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު އަށެއްގައި އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.

އެޗްޑީސީން ބުނިގޮތުގައި ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަނީ، ކުލި ދައްކަންޖެހޭ ގޮތަށް ނޫނެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށެވެ. އެޗްޑީސީން އިތުރަށް ބުނީ، މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަގުތީ މާރުކޭޓުގެ ޚިދުމަތް ދީފަވެއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | 12 ދުވަސް ކުރިންރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | 15 ދުވަސް ކުރިންއެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދާތީ ސަމާލުވާން އެދިއްޖެޚަބަރު | މަހެއް ކުރިން