logo
Bank of Maldives

Bank of Maldives

ޚަބަރު

ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

މުޙައްމަދު އަފްރާޙް
13 އޭޕްރީލު 2026 - 13:32
ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ސްޓެލްކޯ އާއި އެޗްޑީސީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިންނާއި ސްޓެލްކޯގެ އޭޕްރިލް 13 ވަނަ ދުވަހު ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ބުނެއެވެ.

ހަމަމިއާއެކު އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

އޭޕްރީލް 12 ވަނަ ދުވަހުގެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ސްޓެލްކޯ އިން ބުނެފައިވަނީ ރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ. އަދި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ގަބޫލުކުރެވޭ ކަަމަށް ވެސް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 2 ދުވަސް ކުރިންކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިޚަބަރު | 7 ދުވަސް ކުރިންބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފިޚަބަރު | 7 ދުވަސް ކުރިންމާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެޚަބަރު | 7 ދުވަސް ކުރިން