logo
MPL

MPL

ޚަބަރު

ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

އައިޝަތު އީމާން ރަޝީދު
19 ނޮވެމްބަރު 2026 - 06:44
ޒުވާނުން ފުޓްސަލް ކުޅެނީ
ޒުވާނުން ފުޓްސަލް ކުޅެނީ

ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ކުޅިވަރުގެ އައު އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އަލަށް ގާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

ޒުވާނުންގެ މެދުގައި މަގްބޫލު ފުޓްސަލް ކުޅިވަރަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ހުޅުމާލޭގައި އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރުގެ ޓާފް ދަނޑަކާއި، ރައްކާތެރި އަދި ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް އެ ސަރަހައްދުގައި ގާއިމުކުރާނެ ކަމަށް މިިނިސްޓްރީން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް، ޒުވާނުންނަށް ހުނަރު ދައްކުވައިދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. މި މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގޮސް، ވީ އެންމެ އަވަހަކަށް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެ، ކުޅިވަރުގެ ރޫހު އިތުރަށް އާލާވެގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންހުޅުމާލޭގައި އަލަށް ގާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | 12 ދުވަސް ކުރިންއެންމެ މަތިން ޕޮއިންޓް ހޯދައި، 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ގައުމީ ބެޑްމިންޓަން ޓީމަށްޚަބަރު | މަހެއް ކުރިން