ސިލެކްޝަންގެ އެއްވަނަ ހޯދައި، ގައުމީ ބެޑްމިންޓަން ސީނިއާ ޓީމުން 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ޖާގަ ކަށަވަރުކޮށްފި
20 އޮކްޓޯބަރު 2026 - 12:08

ދިވެހިރާއްޖޭގެ ގައުމީ ސީނިއާ ބެޑްމިންޓަން ޓީމު އެކުލަވާލުމަށްޓަކައި ކުޅުނު ސެލެކްޝަން މެޗުތަކުން އެންމެ މަތިން ޕޮއިންޓް ހޯދައިގެން، އުމުރުން 14 އަހަރުގެ ޔަލްވީ ހުސައިން ޒުހުރީ އަނެއްކާވެސް ގައުމީ އަންހެން ޓީމުން ޖާގަ ކަށަވަރުކޮށްފިއެވެ.
މި ސެލެކްޝަން މެޗުތައް ކުރިއަށްދިޔައީ އޮކްޓޯބަރު މަހުގެ 13 އިން 16 އަށް މާލޭ ކުޅިވަރު އެކުވެނީގައެވެ. މި މެޗުތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ރާއްޖޭގެ ރޭންކިންއަށް ބަލައި ހޮވާލެވުނު ނުވަ އަންހެން ކުޅުންތެރިންނާއި ނުވަ ފިރިހެން ކުޅުންތެރިންނަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ގަވާއިދުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރޭންކިންގެ އެއްވަނަ އަދި ދެވަނައިގައި ހިމެނޭ އަންހެން އަދި ފިރިހެން ކުޅުންތެރިން ވަނީ އިތުރު ސެލެކްޝަން މެޗުތަކެއް ކުޅުމަކާ ނުލައި ގައުމީ ސްކޮޑުން ޖާގަ ކަށަވަރުކޮށްފައެވެ.
ޔަލްވީ ގައުމީ ޓީމްގައި ރާއްޖެ ތަމްސީލް ކުރަނީ
އަލަށް އެކުލަވާލި ގައުމީ ސީނިއާ އަންހެން ޓީމުގައި ހިމެނެނީ ޔަލްވީ ހުސައިން ޒުހުރީގެ އިތުރުން ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި، އައިމިނަތު ނަބީހާ އަބްދުއްރައްޒާގާއި، އައިމިނަތު އަމްނާ އަލީ އާމިރާއި، ޝުބާ މުހައްމަދު ޝަރީފް އަދި ލައިބާ އަހްމަދު މަހްލޫފެވެ.
ގައުމީ ފިރިހެން ޓީމުން ޖާގަ ހޯދި ކުޅުންތެރިންނަކީ ހުސެއިން ޒަޔާން ޝަހީދު ޒަކީއާއި، ނިބާލް އަހްމަދާއި، ހައިޝަމް އިބްރާހިމް އަލީއާއި، ހަސަން ޒަޔާން މުހައްމަދާއި، މުހައްމަދު އަޖްފާން ރަޝީދު އަދި އައްޔޫބް އަޒްހަރު މުހައްމަދެވެ.
ޔަލްވީ މުބާރާތަކުން ހޯދި ރަން ވަނަތަކުގެ ޓްރޮފީތަކާއި މެޑެލްތަކާއި އެކު
އުމުރުން އެންމެ އަށް އަހަރުގައި ބެޑްމިންޓަން ކުޅެން ފެށި ޔަލްވީ ވަނީ މިހާތަނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް މުބާރާތެއްގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.
ޔަލްވީ މުބާރާތެއްގައި ކުޅެނީ.jpg&w=3840&q=75)
ޔަލްވީގެ ކެރިއަރުގެ މުހިންމު ކާމިޔާބީތައް
- 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 (އޮކްޓޫބަރު 2026)
17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަން
- 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 ޓީމް އިވެންޓް
1 ވަނަ ޑިވިޜަން އަންހެން ރަނަރަޕް
- 4 ވަނަ އައިބާ (AIBA) އޯޕަން ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 (ސެޕްޓެމްބަރު 2026)
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
- ފިލިޕީންސް އިންޓަރނޭޝަނަލް ސީރީޒް 2026 ގައި ބައިވެރިވި (އޮގަސްޓް 2026)
ޔަލްވީ މުބާރާތަކުން ހޯދި ރަންވަނަތަކުގެ މެޑެލްތަކާއެކު
- އޭދަފުށި ބެޑްމިންޓަން ކަޕް 2026 (ޖުލައި 2026)
އޯޕަން ކެޓަގަރީ
މިކްސްޑް ޑަބަލްސް 3 ވަނަ
އަންހެން ޑަބަލްސް ޗެމްޕިއަން
ޖޫނިއަރ ކެޓަގަރީ
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ރަނަރަޕް
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 (ޖޫން 2026)
ގްރޭޑް 9 އަދި 10 ގެ އަންހެން ޓީމް އިވެންޓް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް އަންހެން ސިންގަލްސް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް އަންހެން ޑަބަލްސް – ޗެމްޕިއަން
ގްރޭޑް 9 އަދި 10 ގެ އޯޕަން އިވެންޓް މިކްސްޑް ޑަބަލްސް – ޗެމްޕިއަން
- ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 (މެއި 2026)
ޖޫނިއަރ ކެޓަގަރީ
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
އޯޕަން ކެޓަގަރީ
އަންހެން ސިންގަލްސް 3 ވަނަ
ޔަލްވީ މުބަރާތެއްގައި ކުޅެނީ
- ޕާކިސްތާނުގައި ބޭއްވި ބެޑްމިންޓަން އޭޝިއާ (ދެކުނު އޭޝިއާ) ރީޖަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް މާރިޗު 2026 ގައި ޤައުމު ތަމްސީލުކުރުމަށް ހޮވުނު (ރާއްޖެ ވަކިވި)
- މޯލްޑިވްސް ޖޫނިއަރ އޯޕަން 2025
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
- ޝަޓްލް ފްލޭޝް ޖޫނިއަރ އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕް – (މެލޭޝިއާ-2025)
15 އަހަރުން ދަށުގެ ޑަބަލްސް ރަނަރަޕް
- ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް – 2025
15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
- އައިބާ (AIBA) ޖޫނިއަރ ޗެލެންޖް – ނޮވެމްބަރު 2024
13 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
13 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން
- އައިބާ (AIBA) އޯޕަން ޖޫނިއަރ ޗެލެންޖް – ފެބުރުއަރީ 2024
16 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން
16 އަހަރުން ދަށުގެ ޑަބަލްސް ރަނަރަޕް
ޔަލްވީ މުބާރާތެއްގައި ކުޅެނީ
- ސައުތު އޭޝިއަން ރީޖަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް – ފެބުރުއަރީ 2024 (ޕާކިސްތާން)
15 އަހަރުން ދަށުގެ ޓީމް އިވެންޓް – ސެކަންޑް ރަނަރަޕް (3 ވަނަ)
15 އަހަރުން ދަށުގެ އަންހެން ޑަބަލްސް – ސެކަންޑް ރަނަރަޕް (3 ވަނަ)
- 1 ވަނަ އެސްޓީއޯ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއަރ އޯޕަން-2024
14 އަހަރުން ދަށުގެ އަންހެން ސިންގަލްސް – ޗެމްޕިއަން
14 އަހަރުން ދަށުގެ އަންހެން ޑަބަލްސް – ރަނަރަޕް
- 18 ވަނަ ލިޓަސް އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތް – ނޮވެމްބަރު 2023
ގްރޭޑް 4، 5 އަދި 6 ގެ ޓީމް އިވެންޓް – ޗެމްޕިއަން
ގްރޭޑް 4، 5 އަދި 6 ގެ އޯޕަން އިވެންޓް އަންހެން ސިންގަލްސް – ޗެމްޕިއަން
ގްރޭޑް 4، 5 އަދި 6 ގެ އޯޕަން އިވެންޓް އަންހެން ޑަބަލްސް – ޗެމްޕިއަން
- ސާކް ބެޑްމިންޓަން – އޮގަސްޓް 2023 (ނޭޕާލް)
15 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި ޓީމް އިވެންޓްގައި ބައިވެރިވި
- ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް – ޖުލައި 2023
12 އަހަރުން ދަށުގެ އަންހެން ސިންގަލްސް – ރަނަރަޕް
12 އަހަރުން ދަށުގެ އަންހެން ޑަބަލްސް – ޗެމްޕިއަން
- ލިޓަސް އިންޓަރސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގު – މާރިޗު 2023
ގްރޭޑް 4، 5 އަދި 6 ގެ ޓީމް އިވެންޓް – ޗެމްޕިއަން
- ލިޓަސް އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތް 2022 – ސެޕްޓެމްބަރު 2023
ގްރޭޑް 4، 5 އަދި 6 ގެ ޓީމް އިވެންޓް – ޗެމްޕިއަން
ގްރޭޑް 4، 5 އަދި 6 ގެ އޯޕަން އިވެންޓް އަންހެން ސިންގަލްސް – ޗެމްޕިއަން
ގްރޭޑް 4، 5 އަދި 6 ގެ އޯޕަން އިވެންޓް އަންހެން ޑަބަލްސް – ޗެމްޕިއަން
- 1 ވަނަ އައިބާ (AIBA) އޯޕަން ބެޑްމިންޓަން ޗެމްޕިއަންޝިޕް
10 އަހަރުން ދަށުގެ އަންހެން ސިންގަލްސް – ޗެމްޕިއަން
10 އަހަރުން ދަށުގެ އަންހެން ޑަބަލްސް – ޗެމްޕިއަން
- ޝަޓްލް ޓައިމް، ބާމް (BAM) – ޑިސެމްބަރު 2021
ވައިޑީޕީ (YDP) – ޗެމްޕިއަން

-01.jpg&w=3840&q=75)
